ޔޫރޯ 2020

ޔޫރޯ: ނެދަލޭންޑްސް 3-0 ނޯތު މެސަޑޯނިއާ

22 Jun 08:55

މެޗުގެ އުސްއަލިތައް

  • ނެދަލެންޑްސްއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައި.
  • ލަނޑު ޖަހާނެ ހުސް ފުރުސަތެއް ނުލިބުނު ނަމަވެސް، ނޯތު މެސެޑޯނިއާ އިން ވެސް ނުރައްކާކުރި.
  • ނޯތު މެސެޑޯނިއާގެ އެންމެ ނުރައްކާތެރި ހަމަލާއަކީ ޓްރަޖްކޯވްސްކީ ފޮނުވާލި ބާރު ހަމަލާ. އެ ހަމަލާ އަމާޒުވީ ނެދަލެންޑްސް ގޯލުގެ އަރިމަތީ ދަނޑިއަށް.
  • ނެދަލެންޑްސްއަށް ލީޑު ހޯދައިދިނީ ކައުންޓާ އެޓޭކެއްގައި މެމްފިސް ޑިޕާއީ.
  • ލީޑު ނެގިތާ މާ ގިނައިރުތަކެއް ލީޑު ފުޅާކުރުމަށް ވެސް ނެދަލެންޑްސްއަށް ފުރުސަތެއް ލިބުނު. ޑަމްފްރީސްގެ އެ ހަމަލާ، ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ މަތަކޮށްފައި.
  • ދެވަނަ ހާފުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ލިބުނީ ނެދަލެންޑްސްއަށް. ކޯނަރެއްގެ ތެރެއިން ޑި ލިގްޓް ފޮނުވާލި ހަމަލާ، ނޯތު މެސެޑޯނިއާގެ ގޯލު ލައިން މަތިން ދިފާއުކުރީ ޓްރިޗްކޯވްސްކީ.
  • ނެދަލެންޑްސްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ވައިނާލްޑަމް.
  • ދެވަނަ ހާފުގައި ނޯތު މެސެޑޯނިއާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ބާދީ ފޮނުވާލި ހިލޭ ޖެހުން. އޭނާ ފޮނުވާލި ހިލޭ ޖެހުން، ނެދަލެންޑްސްގެ ކީޕަރު ސްކެޓެލެންބާގް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
22 Jun 08:54

މި ނަތީޖާއާއެކު ނެދަލެންޑްސްއަށް ވަނީ ގްރޫޕުގެ އެއްވަނަ ކަށަވަރުވެފައި. ދެވަނައިގެ ގޮތުގައި ގަދަ 16ގެ ޖާގައެއް ކަށަވަރުކުރީ އޮސްޓްރިއާ.

22 Jun 08:53

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.

22 Jun 08:51

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

22 Jun 08:48

'88 - ނެދަލެންޑްސްއަށް ފުރުސަތެއް. ޑި ލިގްޓް ދުރުން ފޮނުވާލި ބާރު ހަމަލާ، ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ މަތަކޮށްފައި.

22 Jun 08:32

'73 - ނެދަލެންޑްސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޓިމްބާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީގެ އަތަށް.

22 Jun 08:32

'72 - ޗުރްލިނޯވް ވަރަށް ރީތިކޮށް ނެދަލެންޑްސްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

22 Jun 08:29

'68 - ނޯތު މެސެޑޯނިއާގެ ކެޕްޓަން ގޯރާން ޕަންޑޭވްއަށް ޓްރިބިއުޓެއް. މި މުބާރާތަށް ފަހު، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް އޭނާ ވަނީ ނިންމާފައި.

22 Jun 08:28

'67 - ނެދަލެންޑްސްއަށް ހުސް ފުރުސަތެއް. ޑި ޔޮންގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ވެގްހޯސްޓް ފޮނުވާލި ހަމަލާ އަމާޒުވީ ނޯތު މެސެޑޯނިއާ ގޯލުގެ ހުރަސް ދަނޑިއަށް.

22 Jun 08:20

'61 - ނެދަލެންޑްސްއަށް ފުރުސަތެއް. ވެން އާންހޯލްޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވައިނާލްޑަމް ފޮނުވާލި ހަމަލާ ދިޔައީ ނޯތު މެސެޑޯނިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

22 Jun 08:18

'58 - ނެދަލެންޑްސް އިން ތިން ލަނޑުގެ ލީޑެއް ހޯދައިފި. ޑިޕާއީ ފޮނުވާލި ހަމަލާ ކީޕަރު ޑިމިޓްރިއޭވްސްކީ މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިން ނެދަލެންޑްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ވައިނާލްޑަމް. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ލަނޑު.

22 Jun 08:15

'56 - ނޯތު މެސެޑޯނިއާއަށް ފުރުސަތެއް. ބާދީ ފޮނުވާލި ހިލޭ ޖެހުން، ނެދަލެންޑްސްގެ ކީޕަރު ސްކެޓެލެންބާގް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

22 Jun 08:12

ނެދަލެންޑްސް އިން އެ ލަނޑު ޖަހާފައިވަނީ ނޯތު މެސެޑޯނިއާ އިން ރަނގަޅު ކުޅުމެއް ދައްކަމުންދަނިކޮށް.

22 Jun 08:11

'50 - ނެދަލެންޑްސް އިން ލީޑު ފުޅާކޮށްފި. ޑިޕާއީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ވައިނަލްޑަމް.

22 Jun 08:10

'49 - ނެދަލެންޑްސްއަށް ފުރުސަތެއް. ބާގްހައުސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑި ލިގްޓް ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިން މަތިން ދިފާއުކުރީ ޓްރިޗްކޯވްސްކީ.

22 Jun 08:05

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

22 Jun 07:48

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ނެދަލެންޑްސްއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައި.
  • ލަނޑު ޖަހާނެ ހުސް ފުރުސަތެއް ނުލިބުނު ނަމަވެސް، ނޯތު މެސެޑޯނިއާ އިން ވެސް ނުރައްކާކުރި.
  • ނޯތު މެސެޑޯނިއާގެ އެންމެ ނުރައްކާތެރި ހަމަލާއަކީ ޓްރަޖްކޯވްސްކީ ފޮނުވާލި ބާރު ހަމަލާ. އެ ހަމަލާ އަމާޒުވީ ނެދަލެންޑްސް ގޯލުގެ އަރިމަތީ ދަނޑިއަށް.
  • ނެދަލެންޑްސްއަށް ލީޑު ހޯދައިދިނީ ކައުންޓާ އެޓޭކެއްގައި މެމްފިސް ޑިޕާއީ.
  • ލީޑު ނެގިތާ މާ ގިނައިރުތަކެއް ލީޑު ފުޅާކުރުމަށް ވެސް ނެދަލެންޑްސްއަށް ފުރުސަތެއް ލިބުނު. ޑަމްފްރީސްގެ އެ ހަމަލާ، ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ މަތަކޮށްފައި.
22 Jun 07:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.

22 Jun 07:47

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

22 Jun 07:44

'42 - ވެލްކޯވްސްކީ ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ޑިޕާއީ ދިން ބޯޅަ ނެދަލެންޑްސްގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ ދިފާއުކޮށްފައި.

22 Jun 07:40

ނޯތު މެސެޑޯނިއާ އިން އަންނަނީ ކުރިއަށް ޖެހި، ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުން.

22 Jun 07:31

'30 - ނެދަލެންޑްސްއަށް ހުސް ފުރުސަތެއް. މާލެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑަމްފްރީސް ފޮނުވާލި ހަމަލާ، ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ޑިޕާއީ ފޮނުވާލި ހަމަލާ، ނޯތު މެސެޑޯނިއާ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

22 Jun 07:26

އެ ގޯލު ޖެހުމުގެ ކުރިން ޕަންޑޭވްއަށް ފައުލް ކުރިތޯ ވީއޭއާރުން ބެލުމަށްފަހު ނިންމީ ފައުލެއް ނޫން ކަމަށް. އެހެންކަމުން ނެދަލެންޑްސްއަށް ވަނީ ޑިޕާއީގެ ގޯލު ދީފައި.

22 Jun 07:25

'24 - ނެދަލެންޑްސް އިން ލީޑު ހޯދައިފި. ކައުންޓާ އެޓޭކެއްގައި މާލެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއީ.

22 Jun 07:22

'22 - ނޯތު މެސެޑޯނިއާއަށް ރަނގަޅު ފުރުސަތެއް. ޕަންޑޭވް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޓްރަޖްކޯވްސްކީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

22 Jun 07:20

ނޯތު މެސެޑޯނިއާ އިން އަންނަނީ ވަރަށް ރަނގަޅަށް ނެދަލެންޑްސްގެ އެޓޭކު ހިފަހަހައްޓަމުން. ޑިފެންސްކޮށް، އެޓޭކުކުރުމަށް މަސައްކަތްކުރޭ. މިއީ ނޯތު މެސެޑޯނިއާ އިން ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރު.

22 Jun 07:11

'11 - ނެދަލެންޑްސްއަށް ފުރުސަތެއް. ޑިޕާއީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ވައިނާލްޑަމްއަށް ލިބުމުގެ ކުރިން ނޯތު މެސެޑޯނިއާ އިން ދިފާއުކޮށްފި.

22 Jun 07:10

9' ޓްރަޖްކޯވްސްކީ ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

22 Jun 07:03

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް ސީގައި ނެދާލެންޑްސްއާއި ނޯތު މެސަޑޯނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނައިރު ނެދަލޭންޑްސްއަށް އޮތީ ގަދަ 16 އެއްވަނަ ޓީމުގެ ގޮތުގައި ޔަގީންވެފައި. އަދި މެސަޑޯނިއާއަށް އޮތީ ކަޓާފައި. އެޓީމަށް ގްރޫޕްގެ ތިންވަނަ ލިބޭނެ ގޮތެއް ނެތް. ނެދަލޭންޑްސްގެ ކޯޗު ބުނެފައި ވަނީ މިރޭގެ މެޗަށް ބައެއް ކުޅުންތެރިންނަށް ރެސްޓް ދޭނެ ކަމަށް. އެހެންކަމުން އެޓީމުގެ ފުރަތަމަ 11 އިން ބަދަލުތަކެއް ފާހަގަވޭ. ނޯތު މެސަޑޯނިއާގެ ފުރަތަމަ ބޮޑު މުބާރާތް މޮޅަކުން ނިންމާލަން އެޓީމުން ބޭނުންވާނެ. ހާއްސަކޮށް މިއީ އެޓީމުގެ ލެޖެންޑް، ގޯރަން ޕަންޑޭވް ގައުމީ ޓީމަށް ކުޅޭ ފަހު މެޗު ކަމަށްވެސް ވުން ގާތް. ޕަންޑޭވް ބުނެފައި ވަނީ ޔޫރޯއަށްފަހު ރިޓަޔާ ކުރާނެ ކަމަށް.

މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި.

ދެޓީމުން މިހާތަނަށް ޔޫރޯގައި ކުޅުނު މެޗުތަކަށް ނަޒަރެއް

ނެދަލޭންޑްސް
  • ނެދަލޭންޑްސް ކުޅުނު ފުރަތަމަ މެޗުގައި 3-2 އިން ޔޫކްރެއިން ބަލިކުރި
  • ނެދަލޭންޑްސްގެ ގޯލްތައް ޖަހައިދިނީ ވައިނާލްޑަމް، ވެގޯސްޓްއާއި ޑަމްފްރީސް
  • ދެވަނަ މެޗުގައި އޮސްޓްރިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުން
  • ޑިޕާއީއާއި ޑަމްފްރީސް އެ މެޗުގައި ގޯލްތައް ޖެހިއިރު، ނެދަލޭންޑްސް އަކީ ފެވަރިޓެއް
ނޯތު މެސަޑޯނިއާ
  • މިއީ ނޯތު މެސަޑޯނިއާގެ ފުރަތަމަ ބޮޑު މުބާރާތް
  • ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން ބަލިވީ 3-1 އަކުން
  • އެ މެޗުގައި މެސަޑޯނިއާގެ ހަމައެކަނި ގޯލް ޖަހައިދިނީ ޕަންޑޭވް
  • ޔޫކްރެއިން އަތުން ނޯތު މެސަޑޯނިއާ ބަލިވީ 2-1 އިން
  • މެޗުގައި ލިބުނު ޕެނެލްޓީގެ އެހީގައި ގޯލް ޖަހައިިދިނީ އަލިއޯސްކީ