މުޙައްމަދު ޝަމްޢޫން
ޔޫރޯ 2020 ގެ ގްރޫޕް ސީގެ ފަހު ދެ މެޗު މިރޭ އޮންނާނެއެވެ. ގްރޫޕްގެ އެއްވަނަ ނެދަލޭންޑްސްއަށް ޔަގީންވެފައިވާ އިރު، ގްރޫޕްގެ ޓީމުތަކަށް މިހާރު ކުރަން ޖެހިފައިވާ ކަމަކީ ގަދަ 16އަށް ޔަގީން ޖާގަ ހޯދުމާއި، ގަދަ 16 އިގެ އުންމީދަށް ތިން ވަނަ ޖާގައެއް ހޯދުމެވެ. މިރޭގެ މެޗުތަކަށް ބަލައި، ފާހަގަކޮށްލާފައި މި ވަނީ ގްރޫޕްގެ މެޗުތަކުގެ ނަތީޖާތަކުން އައިސްދާނެ ހާލަތްތަކެކެވެ. މިއީ ކިޔުންތެރިންނަށް ލުއި ކޮށްލުމަށް ގެނެސްދޭ އަންދާޒާ ތަކެކެވެ.
21:00 ނެދަލޭންޑްސް - ނޯތު މެސަޑޯނިއާ
21:00 ޔޫކްރެއިން - އޮސްޓްރިއާ