ޔޫރޯ 2020

ޔޫރޯ: ސްވިޒަލޭންޑް 3-1 ތުރުކީ

21 Jun 08:57

މެޗުގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް ފެނުނު.
  • ސްވިޒަލޭންޑުން ކުރީކޮޅު ލީޑު ނެގީ ސަފެރޮވިޗްގެ ގޯލަކުން.
  • ސްވިޒަލޭންޑުން ލީޑު ފުޅާކުރީ ޝަގީރީގެ ހިތްގައިމު ގޯލަކުން.
  • ތުރުކީގެ ނުރައްކާތެރި ހަތަރު ހަމަލާއެއް ސްވިޒަލޭންޑް ގޯލްކީޕަރު ސޮމާ މަތަކުރި.
  • އިޓަލީ-ވޭލްސް މެޗުގައި އިޓަލީ ލީޑު ނެގުމުން ސްވިޒަލޭންޑަށް ވަނީ ޔަގީން ޖާގައަށް އުންމީދު އާވެފައި.
  • ތުރުކީން ދެވަނަ ހާފްގެ ކުރީކޮޅުގައި ގޯލް ޖެހި، އެ ގޯލް ޖަހައިދިނީ އިރްފާން ކާން ކައްވޭސީ.
  • އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ޝަގީރީ ސްވިޒަލޭންޑްގެ ލީޑު ފުޅާކުރި.
  • ސްވިޒަލޭންޑް ނިންމާލީ ތިންވަނައިގައި، ތުރުކީ ކެޓީ މޮޅެއް ނިލިބި.
21 Jun 08:54

މެޗުގެ ކުޅުން ނިންމާލައިފި. ސްވިޒަލޭންޑް މޮޅުވީ 3-1 އިން.

21 Jun 08:48

މެޗުގެ އިތުރު ވަގުތަށް ތިން މިނެޓް.

21 Jun 08:45

83' ބުރަކް ޔިލްމާޒް އަނެއްކާވެސް ހުސް ފުރުސަތެއް ބޭކާރު ކޮށްލައިފި. އޭރިއާ ތެރޭގައި ހުހަށް ހުރެ ބޮލުން ޖެހި ބޯޅަ ގޯލާ އަމާޒެއް ނުވި. އޭނާ ފެންނަނީ ގިނަ ފުރުސަތުތަކެއް ބޭކާރު ކުރާތަން.

21 Jun 08:39

81' އެމްބޯލޯގެ ހަމަލާއެއް. އެ ހަމަލާ ތުރުކީގެ ސޮޔުންޗީ ވަނީ ބްލޮކް ކޮށްލާފައި.

21 Jun 08:35

މިއީ ޔޫރޯ މުބާރާތެއްގައި ސްވިޒަލޭންޑުން ހަތަރު ގޯލު ޖެހި ފުރަތަމަ ފަހަރު. އަދި އޮތް ގޮތުން ޔަގީން ޖާގައިގައި ގަދަ 16 އަށް ދާން ސްވިޒަލޭންޑަށް އިތުރު ދެ ގޯލު ޖަހަން ޖެހޭ.

21 Jun 08:31

ޒުބާ ތަނަވަސް ކޮށްދިން ފުރުސަތުގައި ޝަގިީރީ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ މަތީ ދާގަނޑަށް. އަނެއްކާވެސް ޝަގީރީގެ ހިތްގައިމު ގޯލެއް.

21 Jun 08:26

68' ސްވިޒަލޭންޑުން ގޯލް ޖަހައި، އަނެއްކާވެސް ލީޑު ފުޅާކޮށްފި. އަނެއްކާވެސް ޝަގީރީގެ ގޯލެއް.

21 Jun 08:24

އެ ގޯލަކީ ޔޫރޯ 2020 ގައި ތުރުކީން ޖެހި ފުރަތަމަ ގޯލު.

21 Jun 08:22

62 ތުރުކީން ގޯލު ޖަހައި ފަރަގު ކުޑަކޮށް. ގޯލު ޖަހައިދިނީ އިރްފާން ކާން ކައްވޭސީ.

21 Jun 08:21

ރޯމްގައި ކުޅެމުންދާ މި ގްރޫޕްގެ އަނެއް މެޗުގައި ވޭލްސް ޑިފެންޑަރު އަމްޕަޑޫއަށް ރަތް ކާޑެއް ދައްކައިފި. މިހާރު ވޭލްސް ކުޅެމުން ދަނީ ކުޅުންތެރިޔަކު މަދުކޮށް. ސްވިޒަލޭންޑަށް އިތުރު ހިތްވަރަކަށް ވާނެ.

21 Jun 08:17

57' ޝަގީރީއަށް އިތުރު ފުރުސަތެއް. މިފަހަރު ގޯލާ އަމާޒެއް ނުވި.

21 Jun 08:11

50' ތުރުކީއަށް ފުރުސަތެއް. އުންޑާ ނަގައިދިން ބޯޅަ އޭރިއާ ތެރޭގައި ހުރި ބުރަކް ޔިލްމާޒް ފޮނުވާލި ނަމަވެސް ގޯލަށް އަމާޒެއް ނުވި.

21 Jun 08:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

21 Jun 07:48

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް ފެނުނު
  • ސްވިޒަލޭންޑުން ކުރީކޮޅު ލީޑު ނެގީ ސަފެރޮވިޗްގެ ގޯލަކުން
  • ސްވިޒަލޭންޑުން ލީޑު ފުޅާކުރީ ޝަގީރީގެ ހިތްގައިމު ގޯލަކުން
  • ތުރުކީގެ ނުރައްކާތެރި ހަތަރު ހަމަލާއެއް ސްވިޒަލޭންޑް ގޯލްކީޕަރު ސޮމާ މަތަކުރި
  • އިޓަލީ-ވޭލްސް މެޗުގައި އިޓަލީ ލީޑު ނެގުމުން ސްވިޒަލޭންޑަށް ވަނީ ޔަގީން ޖާގައަށް އުންމީދު އާވެފައި
21 Jun 07:47

މެޗުގެ ފުރަތަަމަ ހާފްގެ ކުޅުން ނިންމާލައިފި. 2-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ ސްވިޒަލޭންޑް.

21 Jun 07:47

44' ތުރުކީގެ އިތުރު ހަމަލާއެއް. މުލްދޫރުގެ ހަމަލާ މިފަހަރުވެސް މަތަކުރީ ސޮމާ.

21 Jun 07:45

ވޭލްސްއާއި އިޓަލީ ކުޅޭ މެޗުގައި އިޓަލީން ލީޑު ނެގުމާއެކު ސްވިޒަލޭންޑް މިހާރު ތިންވަނައިގައި އޮތީ ފައިދާ ގޯލެއްގެ ތަފާތުން.

21 Jun 07:40

38' ސްވިޒަލޭންޑްގެ ހަމަލާއެއް. އެމްބޯލޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެން.

21 Jun 07:35

33' ސްވިޒަލޭންޑް ކީޕަރު ސޮމާގެ އިތުރު ސޭވްއެއް. ތުރުކީގެ މުލްދޫރް ދުރުން ފޮނުވާލި ހަމަލާ ގޯލްގެ ތިރީ ކަނާ ދިމާލަށް ދިޔަ ނަމަވެސް ސޮމާ ވަނީ މަތަކޮށްފައި.

21 Jun 07:34

ސެފަރޮވިޗް ޖެހި ބޯޅައެއްގެ ރީބައުންސްގައި ލިބުނު ފުރުސަތު ޒޫބާ ތަނަވަސްކޮށްލީ ޝަގީރީއަށް. އޭނާ ބޯޅަ ކޮންޓްރޯލް ކޮށްލާފައި ޖެހި ބޯޅަ ކާވް ކޮށްލީ ގޯލްގެ ކަނަށް. ހިތްގައިމު ގޯލެއް.

21 Jun 07:29

26' ސްވިޒަލޭންޑުން ލީޑު ފުޅާކޮށްފި. އެ ގޯލް ޖެހީ ޝަގީރީ.

21 Jun 07:28

21' ސްވިޒަލޭންޑްގެ ޒޫބާއަށް އިތުރު ފުރުސަތެއް. އެނބުރިލާފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށް.

21 Jun 07:20

16' ތުރުކީގެ ނުރައްކާތެރި ހަމަލާއެއް. މުލްދޫރްގެ ބާރު ހަމަލާ ގޯލުގެ ކަނަށް އަމާޒުވާން ދިޔަ ނަމަވެސް ކީޕަރު ސޮމާ ވަނީ ހުޝިޔާރު ކަމާއެކު މަތަކޮށްފައި.

21 Jun 07:19

އެންމެފަހުން ތުރުކީން ޔޫރޯ މުބާރާތުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައި. އެ ފަސް ބަލިވެސް ވީ ތުރުކީއަށް ގޯލެއް ނުޖެހި. ގަދަ 16 ގެ ކުޑަވެސް އުންމީދަކަށް މި މެޗު އަނބުރާލަން ތުރުކީއަށް މަޖުބޫރު

21 Jun 07:17

ސްވިޒަލެންޑްގެ އެޓޭކް ފެންނަނީ ވަރުގަދަކޮށް.

21 Jun 07:11

އެ ގޯލަކީ ޒޫބާ އަރިމަތިން ޕާސްކޮށްލި ބޯޅައަކުން ސަފެރޮވިޗް ޖެހި ގޯލެއް. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ސަފެރޮވިޗް ތިރިތިރިން ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށް.

21 Jun 07:10

5' ތުރުކީގެ ނުރައްކާތަކަށްފަހު ސްވިޒަލޭންޑްގެ ފުރަތަމަ ހަމަލާފައި ލީޑު ނަގައިފި. ގޯލް ޖަހައިދިނީ ސަފެރޮވިޗް.

21 Jun 07:10

4' ތުރުކީގެ އިތުރު ހަމަލާއެއް. ކާން އައިހާން ގޯލަށް ފޮނުވާލި ހަމަލާ މަތަކުރީ ސްވިޒަލޭންޑް ގޯލްކީޕަރު ސޮމާ.

21 Jun 07:09

3' ތުރުކީއަށް ފުރުސަތެއް. ހަކާން ޗަލަނޯލޫގެ ކޯނަރުން ތޫފަން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި.

21 Jun 07:09

ދެޓީމަށްވެސް އުންމީދު އޮތީ މެޗުން މޮޅުވެގެން. އެހެންކަމުން މެޗު ފޯރިގަދަ ވާނެ ކަމަށް ބެލެވޭ.

21 Jun 07:05

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް އޭގައި ސްވިޒަލޭންޑާއި ތުރުކީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭ އެއްގަޑިއެއްގައި ކުޅެވޭ ގްރޫޕް އޭގެ ދެ މެޗަކީ މި ގްރޫޕްގެ ފަހު ދެމެޗު. މިރޭގެ ނަތީޖާއިން ގަދަ 16 އަށް ޔަގީންކަމާއެކު ދާ ދެޓީމު ކަށަވަރުވާނެ. ތިންވަނަ މަގާމަށް ދާ ޓީމު ޖެހޭނީ ހުރިހާ ގްރޫޕްތަކެއްގެ ކުޅުން ނިމެންދެން އިންތިޒާރުކުރަން. އިޓަލީއާއި ވޭލްސް ކުޅޭ މެޗުން ވޭލްސް ބަލިވެ، ސްވިޒަލޭންޑް މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ، ސްވިޒަލޭންޑަށް ގަދަ 16 ޔަގީން ކުރެވޭނެ. ސްވިޒަލޭންޑް މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ޔަގީން ދެ ޖާގައިން ފުރުސަތު ގެއްލޭނެ. ތުރުކީއަށް މިހާރު ޔަގީން ދެ ޖާގައަށް ފުރުސަތެއް ނެތް. ތިންވަނައަށް އަރަން ސްވިޒަލޭންޑް ބަލިކުރަން ޖެހޭ.

މެޗު އޮންނާނީ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި.

ދެޓީމުން މިހާތަނަށް ޔޫރޯގައި ކުޅުނު މެޗުތަކަށް ނަޒަރެއް

ސްވިޒަލޭންޑް
  • ވޭލްސްއާ ދެކޮޅަށް ސްވިޒަލޭންޑް ކުޅުނު ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން
  • އެ މެޗުގައި ސްވިޒަލޭންޑްގެ ގޯލް ޖަހައިދިނީ ބްރީލް އެމްބޯލޯ
  • ދެވަނަ މެޗުގައި އިޓަލީ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުން
ތުރުކީ
  • ތުރުކީއަށް ފުރަތަމަ މެޗުގައިވެސް ލައްވާލީ ގްރޫޕްގެ ފެވަރިޓް ޓީމު އިޓަލީ، މެޗުގައި ތުރުކީ ބަލިވީ 3-0 އިން
  • ދެވަނަ މެޗުގައި ވޭލްސް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުން
  • މިރޭ ތުރުކީއަށް އޮތް ކުޑަ ހިތްވަރަކަށް ތިން ވަނައަށް އަރަން އޮތް ހަނި ފުރުސަތު