ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވައިދުގެ ޖަދުވަލު އެކެއްގައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކޮށް، އަދި ފޯމުގައިިވާ ތަކެއްޗާއެކު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 2:00 ގެ ކުރިން ޑީޖޭއޭއަށް ހުށަހަޅަންވާނެ ކަމަށެވެ.