މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'84 - ސްޕެއިނަށް ހުސް ފުރުސަތެއް. ސަރާބިއާ ދިން ބޯޅައަކުން މޮރާޓާ ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައި.
'81 - ސްޕެއިނަށް އިތުރު ފުރުސަތެއް. ފެޑްރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮޑްރީ ފޮނުވާލި ހަމަލާ އަމާޒުވީ ޕޮލެންޑް ކީޕަރު ޝެޒްނީއާ ދިމާއަށް.
'80 - ސްޕެއިނަށް ފުރުސަތެއް. ފެރާން ޓޮރޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ހަމަލާ، ޕޮލެންޑުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.
'73 - ސްޕެއިނަށް އިތުރު ފުރުސަތެއް. މާކޯސް ލޮރެންޓޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފެރާން ޓޮރޭސް ބޮލުން ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'65 - ސްޕެއިނަށް ފުރުސަތެއް. ޖެރާޑް މޮރޭނޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ހަމަލާ، ޕޮލެންޑުގެ ކީޕަރު ސެޒްނީ ވަނީ މަތަކޮށްފައި.
'58 - ޖެރާޑް މޮރޭނޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް. ރީބައުންސް ބޯޅައިން މޮރާޓާ ފޮނުވާލި ހަމަލާ ވެސް ގޯލާ އަމާޒެއް ނުވި.
'55 - ޕެނަލްޓީ އޭރިއާ ތެރެއިން ޖެރާޑް މޮރޭނޯއަށް ޕޮލެންޑްގެ މޮޑާ ފައުލް ކުރިތޯ ބެލުމަށް ވީއޭއާރުން ބަލައި، ސްޕެއިނަށް ޕެނަލްޓީއެއް.
'54 - ޕޮލެންޑުން ނަތީޖާ ހަމަހަމަކޮށްފި. ޖޮޒިވިއާކް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޕޮލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ލެވަންޑޯސްކީ.
މެޗުގެ ދެވަަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.
'44 - ސްޕެއިނަށް ފުރުސަތެއް. އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖެރާޑް މޮރޭނޯ ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'43 - ޕޮލެންޑަށް ދެ ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ސްވިޑާސްކީ ފޮނުވާލި ހަމަލާ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލެވަންޑޯސްކީ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު އުނޭ ސިމޮން ވަނީ މަތަކޮށްފައި.
'35 - ޕޮލެންޑަށް ފުރުސަތެއް. ލެވަންޑޯސްކީ ނަގައިދިން ހުރަހަކުން ސްވިޑާސްކީ ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'34 - މޮރޭނޯ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'33 - އޮލްމޯއަށް ގްލިކް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑް ގޯލު ކުރިމަތިން ސްޕެއިނަށް ހިލޭ ޖެހުމެއް.
'26 - ސްޕެއިނުން ލީޑު ހޯދައިފި. ޖެރާޑް މޮރޭނޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ. އެ ލަނޑު ޖެހުމަށް ބޯޅަ ލިބުނު އިރު، މޮރާޓާ އޮފްސައިޑު މަގާމެއްގައި ހުރިތޯ ބެލުމަށް ވީއޭއާރުގެ އެހީ ބޭނުންކުރި. ވީއޭއާރުން ދެއްކީ މޮރާޓާ އޮފްސައިޑު ނުވާ ކަމަށް.
'18 - ކައުންޓާ އެޓޭކެއްގައި ޕޮލެންޑްގެ ހާފުގެ ތެރެއިން ލެވަންޑޯސްކީ އެކަނި ސްޕެއިންގެ ހާފުގެ ތެރެއަށް ވަދެ، ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް ޖޯޑީ އަލްބާ ހުއްޓުވައިފި.
12' ޕައު ޓޮރޭސް ދުރުން ފޮނުވާލި ހަމަލާ ޕޮލެންޑްގެ ގޯލާ އަމާޒެއް ނުވި.
'10 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑެނީ އޮލްމޯ ފޮނުވާލި ބޯޅަ، ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ ފަސޭހަކަމާއެކު ހޯދާފައި.
5' މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޕޮލެންޑުން. ލެވަންޑޯސްކީ ޖެހި ރަނގަޅު ދެ ޕާހަކުން މެދުތެރެއިން ތަނަވަސްކުރި ފުުރުސަތުގައި ކްލިޗް ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ހުރަސްދަނޑި ކައިރިން ބޭރަށް.
ސްޕެއިނުން ފުރަތަމަ މެޗުގެ ފުރަތަމަ 11 ގައި ހިމެނި މެންޗެސްޓާ ސިޓީގެ ޒުވާން ފޯވަޑް ފެރާން ޓޮރޭސްގެ ބަދަލުގައި މިރޭގެ މެޗަށް އެރުވީ ވިލަރެއާލްގެ ޖެރާޑް މޮރޭނޯ.
މެޗުގެ ކުޅުން ފަށައިފި.
ޔޫރޯ 2020 ގެ ގްރޫޕް އީގައި ސްޕެއިންއާއި ސްވިޑެން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މި މެޗަށް ނުކުންނައިރު ސްޕެއިންއިން އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެންއާ އެއްވަރުވެފައި. އެ މެޗުގައި ސްޕެއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފައި. ހާއްސަކޮށް ފޯވަޑް ލައިނުން ބޭކާރުކޮށްލި ގިނަ ހަމަލާތަކެއް ވަނީ ފާހަގަވެފައި. ޕޮލެންޑް އޮތީ ފުރަތަމަ ކުޅުނު މެޗުގައި ޗެކު ރިޕަބްލިކް އަތުން ބަލިވެފައި. އެ މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުން. މެޗުގައި ގްރެޒެގޯޒް ކްރީޗޯވިއޭކްއަށް ރަތް ކާޑު ދެއްކި. މިރޭގެ މެޗަށް އޭނާ ހުރީ ސަސްޕެންޝަނުގައި.
މެޗަށް ސްޕެއިން ނުކުންނާނީ އަމިއްލަ ދަނޑުގައި. އެއީ ސެވިއްޔާގެ ލަ ކަރުޓޫޖާ.