ޔޫރޯ 2020

ޔޫރޯ: ސްވިޑެން 1-0 ސްލޮވޭކިއާ

19 Jun 05:54

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފު ފެނުނީ ހަމަލާތައް މަދުކޮށް
  • ސްވިޑެންގެ ލާސަން ދުރުން ފޮނުވާލި ހަމަލާ ދިޔައީ މަތިން
  • ލުސްޓިގް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކީއާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް
  • ހަމްޝެކް ދުރުން ފޮނުވާލި ހަމަލާވެސް ދިޔައީ މަތިން
  • ދެވަނަ ހާފުގައި ހަމަލާތައް ފެނިފައިވޭ
  • ސްވިޑެންގެ ތަރި އިސާކްގެ ނުރައްކާތެރި ތިން ހަމަލާއެއް ފެނުނު
  • މެޗުގެ ހަމައެކަނި ގޯލް ޕެނެލްޓީއަކުން ސްވިޑެންއަށް ކާމިޔާބު ކޮށްދިނީ ފޯސްބާގު
  • ސްލޮވޭކިއާއިން ހިތްވަރު ކުރި ނަމަވެސް ނަތީޖާ ހަމަހަމަ ނުކުރެވުނު
19 Jun 05:52

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސްވިޑެން ކުރީގައި އޮވެގެން.

19 Jun 05:52

ފަހު ވަގުތުކޮޅު ސްލޮވާކިއާ އިން ކުރިއަށް ޖެހި ގޯލެއް ޖެހުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ސްވިޑެން ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވި.

19 Jun 05:38

'82 - ސްވިޑެންއަށް ފުރުސަތެއް. އިސާކްއަށް ހަމަލާއެއް ފޮނުވައިނުލެވި، ޕެނަލްޓީ އޭރިއާ ތެރެއިން ކްލާސަން ފޮނުވާލި ހަމަލާ ސްލޮވާކިއާގެ ޑިފެންޑަރު ހުބޮޗާން ވަނީ ބްލޮކްކޮށްފައި.

19 Jun 05:32

'77 - ޕެނަލްޓީ ކާމިޔާބުކޮށް، ސްވިޑެން އިން ލީޑު ހޯދައިފި. ސްވިޑެންއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފޯސްބާގް.

19 Jun 05:31

'75 - ސްވިޑެންއަށް ޕެނަލްޓީއެއް. އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ކުއައިސަންއަށް ސްލޮވާކިއާ ކީޕަރު ޑުބްރާވްކާ ކުރި ފައުލާ ގުޅިގެން.

19 Jun 05:30

'71 - ސްލޮވާކިއާ ކީޕަރު ޑުބްރާވްކާގެ މުހިންމު ސޭވްއެއް. ސްވިޑެން ފޯވަޑް އިސާކް ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ، ކީޕަރު ޑުބްރާވްކާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

19 Jun 05:23

'67 - ސްވިޑެންއަށް ފުރުސަތެއް. ލުސްޓިގް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިސާކް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

19 Jun 05:20

'60 - ސްވިޑެންއަށް އިތުރު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑެނިއެލްސަން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

19 Jun 05:17

'59 - ސްވިޑެންއަށް ރަނގަޅު ފުރުސަތެއް. ލާސަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮގަސްޓިންސަން ބޮލުން ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

19 Jun 05:15

'58 - ސްވިޑެން ކީޕަރު އޮލްސެންގެ މޮޅު ސޭވްއެއް. ހަމްޝިކް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްލޮވާކިއާގެ ކުޗްކާ ބޮލުން ފޮނުވާލި ހަމަލާ، ކީޕަރު އޮލްސެން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި. ކުޗްކާ އޮތީ ވެސް އޮފްސައިޑް މަގާމެއްގައި.

19 Jun 05:07

'50 - ސްލޮވާކިއާއަށް ފުރުސަތެއް. ޕެކަރިކް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑޫޑާ ފޮނުވާލި ހަމަލާ، ސްވިޑެންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

19 Jun 05:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

19 Jun 04:48

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފު ފެނުނީ ހަމަލާތައް މަދުކޮށް
  • ސްވިޑެންގެ ލާސަން ދުރުން ފޮނުވާލި ހަމަލާ ދިޔައީ މަތިން
  • ލުސްޓިގް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް
  • ހަމްޝެކް ދުރުން ފޮނުވާލި ހަމަލާވެސް ދިޔައީ މަތިން
19 Jun 04:46

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

19 Jun 04:44

'43 - ސްލޮވާކިއާއަށް ފުރުސަތެއް. ޑޫޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ހަމްޝިކް ފޮނުވާލި ހަމަލާ ދިޔައީ ސްވިޑެން ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

19 Jun 04:27

އެޓޭކުގައި ރަނގަޅަށް ކުޅެމުން އަންނަނީ ސްވިޑެން. ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ.

19 Jun 04:14

'13 - ސްވިޑެންއަށް ފުރުސަތެއް. ލާސަން ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އެރިއާ ތެރެއިން ލުސްޓިގް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކީއާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

19 Jun 04:07

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭ ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް.

19 Jun 04:06

'5 - ސްލޮވާކިއާއަށް ފުރުސަތެއް. ހަމްޝިކް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކުޗްކާ ބޮލުން ފޮނުވާލި ހަމަލާ، ސްވިޑެންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

19 Jun 04:04

'3 - ސްވިޑެންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލާސަން ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.

19 Jun 04:00

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްލޮވަކިއާ އިން.

ޔޫރޯ 2020ގެ ގްރޫޕް އީގައި ސްވިޑެންއާއި ސްލޮވޭކިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްލޮވޭކިއާ ވަނީ ޕޮލެންޑް ބަލިކޮށްފައި. މިވަގުތު އެޓީމު އޮތީ ގްރޫޕް އީގެ އެއްވަނައިގައި. ސްވިޑެންވެސް ވަނީ ފުރަތަމަ މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދާފައި. ސްވިޑެންއިން ސްޕެއިންގެ ހޯމްގައި އެޓީމު ހިފެހެއްޓީ 0-0 ގެ ނަތީޖާއެއްގައި. މިރޭގެ މެޗުން މޮޅުވެ ސްލޮވޭކިއާއަށް ގަދަ 16 ޔަގީން ކުރެވޭނެ. ސްލަވާކިއާ 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫރޯގައި ކުޅެ ގަދަ 16 އަށް ދިޔަ. ސްވިޑެންއިން 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅުނު ހުރިހާ ޔޫރޯއެއްގައި ކުޅެފައިވޭ. އެންމެފަހުން ގަދަ 16 އަށް ދިޔައީ 2004 ވަނަ އަހަރު.

ދެޓީމު މިއަދުގެ މެޗަށް ނުކުންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި.

ނަޒަރު ހިންގާލަން މުހިއްމު ކުޅުންތެރިން

މާކަސް ބާގު
  • ޒްލަޓާން ނެތްތަން ފޫބައްދަން ހުރި ތަޖުރިބާކާރު ފޯވަޑް
  • އެންމެފަހުން ސްވިޑެންއިން ޖެހި ހަތަރު ގޯލުގައިވެސް ހިއްސާ އޮތް
  • ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ބާގު ޖެހި އިރު، އޭނާ ވަނީ ދެ އެސިސްޓްވެސް ހަދާފައި
  • ގައުމީ ޓީމަށް 87 މެޗު ކުޅެ، 24 ގޯލު ޖަހާފައިވޭ
މިލާން ސްކިރީނިއާ
  • އިންޓަ މިލާންއާއެކު މިދިޔަ ސީޒަންގެ ލީގު ނެގި
  • ސްލޮވޭކިއާއަށް 41 މެޗު ކުޅެފައިވޭ
  • އެންމެފަހުން ސްލޮވޭކިއާއަށް ކުޅުނު ހަތަރު މެޗުން ތިން ގޯލު ޖަހާފައިވޭ
  • ސްލޮވޭކިއާ ޑިފެންސް ލީޑު ކުރާނީ ސްކިރިނިއާ