ޔޫރޯ 2020

ޔޫރޯ: ބެލްޖިއަމް 2-1 ޑެންމާކް

18 Jun 09:03

މެޗުގެ އުސްއަލިތައް

  • މެޗު ވަރަށް ބޮޑަށް ހާއްސަވެފައި އޮތީ ކާޑިއެކް އެރެސްޓަކަށް ދިޔަ އެރިކްސަނަށް
  • ކުރީކޮޅުގައި ހޯމް ޓީމް ޑެންމާކުން "ސަޕްރައިޒިން" ލީޑެއް ނެގި
  • ގޯލު ޖަހައިދިނީ ޔޫސުފް ޕައުލްސަން
  • އެއީ ޔޫރޯ ތާރީހުގައި ދެވަނައަށް އެންމެ އަވަސް ގޯލު
  • ބެލްޖިއަމަށް ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވޭ
  • ދެވަނަ ހާފަށް ބެލްޖިއަމުން ޑިބްރޭނާ ނެރުނު
  • އޭނާގެ އެސިސްޓަކުން ނަތީޖާ ހަމަހަމަ ކުރީ ތޯގަން ހަޒާޑް
  • ކެޕްޓަން ހަޒާޑް ކުޅެން ނުކުމެ އެސިސްޓް ކޮށްދިން ބޯޅައަކުން މެޗު އަނބުރާލީ ޑިބްރޭނާ
  • ޑެންމާކުން ވަނީ ހިތްވަރުކޮށްފައި
  • ބްރެއިތުވެއިޓާއި ޖެންސަންގެ ހަމަލާތައް ނުރައްކާ، އެއްވަރު ނުކުރީ ހަމަ ކިރިޔާ
  • ބެލްޖިއަމް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައި
18 Jun 08:49

'90 - ޑެންމާކަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖެންސެން ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމް ގޯލާ އަމާޒުވެފައެއް ނުވޭ.

18 Jun 08:47

'87 - ޑެންމާކް ފޯވަޑް ބްރެތުވެއިޓްގެ ހަމަލާއެއް ބެލްޖިއަމް ގޯލުގެ ހުރަސްދަނޑިއަށް. އޭނާ އެ ހަމަލާ ފޮނުވާލީ އޮލްސަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން.

18 Jun 08:36

'76 - ޑެންމާކަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބްރެތުވެއިޓް ފޮނުވާލި ހަމަލާ، ބެލްޖިއަމް ޑިފެންޑަރު އަލްޑަވެރާލްޑް ޓެކަލްކޮށް ވަނީ ދިފާއުކޮށްފައި.

18 Jun 08:34

'74 - ޑެންމާކަށް ފުރުސަތެއް. ކޯނެލިއަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރެތުވެއިޓް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.

18 Jun 08:30

'70 - ބެލްޖިއަމުން ލީޑު ހޯދައިފި. ހަޒާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބެލްޖިއަމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެވިން ޑި ބްރޭނާ.

18 Jun 08:29

'68 - ޑެންމާކުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މައޭލާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.

18 Jun 08:16

'54 - ބެލްޖިއަމުން ނަތީޖާ ހަމަހަމަކޮށްފި. ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބެލްޖިއަމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑް. ޑެންމާކްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، ހަޒާޑް ހުރީ ވަރަށް ހުސްކޮށް.

18 Jun 08:08

'49 - ބެލްޖިއަމަށް ފުރުސަތެއް. ޓިއެލެމަންސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން މުނިއޭ ބޮލުން ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Jun 08:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ބެލްޖިއަމުން ވަނީ ބަދަލެއް ގެނެސްފައި. މާޓެންސްގެ ބަދަލުގައި ކުޅެން ނުކުތީ އެޓީމުގެ ތަރި ކެވިން ޑިބްރޭނާ.

18 Jun 08:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ބެލްޖިއަމުން ވަނީ ބަދަލެއް ގެނެސްފައި. މާޓެންސްގެ ބަދަލުގައި ކުޅެން ނުކުތީ އެޓީމުގެ ތަރި ކެވިން ޑިބްރޭނާ.

18 Jun 07:55

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗު ވަރަށް ބޮޑަށް ހާއްސަވެފައި އޮތީ ކާޑިއެކް އެރެސްޓަކަށް ދިޔަ އެރިކްސަނަށް
  • ކުރީކޮޅުގައި ހޯމް ޓީމް ޑެންމާކުން "ސަޕްރައިޒިން" ލީޑެއް ނެގި
  • ގޯލް ޖަހައިދިނީ ޔޫސުފް ޕައުލްސަން
  • އެއީ ޔޫރޯ ތާރީހުގައި ދެވަނައަށް އެންމެ އަވަސް ގޯލް
  • ބެލްޖިއަމްއަށް ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވޭ
18 Jun 07:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޑެންމާކް ކުރީގައި އޮވެގެން.

18 Jun 07:39

ޑެންމާކުން މިރޭގެ މެޗުގައި ލީޑު ނެގީ އެއް މިނެޓާއި 39 މިނެޓް ތެރޭގައި. ޕައުލްސަން ޖެހި އެ ގޯލަކީ ޔޫރޯ ތާރީހުގައި ދެވަނައަށް އެންމެ އަވަސް ގޯލު. ޔޫރޯގެ އެންމެ އަވަސް ގޯލް 2004 ވަނަ އަހަރު މުބާރާތުގައި ޖެހީ ރަޝިއާގެ ޑިމިޓްރީ ކިރިޗެންކޯ. އެއީ ގްރީސް ކޮޅަށް ޖެހި ގޯލެއް.

18 Jun 07:36

'35 - ޑެންމާކަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްސްގާޑް ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

18 Jun 07:33

މެޗުގެ 30 މިނެޓުގެ ކުޅުން ނިމިގެންދިޔަ އިރު، ބެލްޖިއަމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

18 Jun 07:18

'16 - ޑެންމާކަށް އިތުރު ފުރުސަތެއް. މައޭލާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރެތުވެއިޓް ބޮލުން ފޮނުވާލި ހަމަލާ، މިފަހަރުވެސް ބެލްޖިއަމް ގޯލާ އަމާޒުވެފައެއް ނުވޭ.

18 Jun 07:14

'13 - ޑެންމާކުގެ ހަމަލާއެއް. ޕޮލްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްސްގާޑް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Jun 07:12

ޑެންމާކުގެ ތަރި ކްރިސްއަން އެރިކްސަންގެ ހަނދާން އާކުރުމަށް ވަގުތުކޮޅަކަށް ކުޅުން މެދުކަނޑާލުމަށްފަހު އަލުން ފަށައިފި.

18 Jun 07:08

'6 - ޑެންމާކަށް އިތުރު ފުރުސަތެއް. މައޭލީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެނިއަލް ވާސް ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Jun 07:07

'5 - ޑެންމާކަށް ދެ ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން މަައޭލީ ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކީޕަރު ކޯޓުވާ މަތަކުރި އިރު، ބްރެތުވެއިޓްއަށް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Jun 07:04

'2 - ޑެންމާކުން ލީޑު ހޯދައިފި. ހޮއިބިއާ ދިން ބޯޅައަކުން ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕޮލްސަން.

18 Jun 07:01

މެޗުގެ ކުޅުން ފަށައިފި.

18 Jun 07:01

ބެލްޖިއަމްގެ ފަރާތުން ކެޕްޓަން ވާޓޮންގެން، ޑެންމާކުގެ ކެޕްޓަން ކެޔާއަށް ބެލްޖިއަމް ކުޅުންތެރިން ސޮއިކޮށްފައިވާ ކްރިސްޓިއަން އެރިކްސަންގެ ޖާޒީއެއް ހަދިޔާކޮށްފި.

18 Jun 06:52

މެޗުގެ ކުރިން ދަނޑުމަތިން ޑެންމާކް ޕްލޭމޭކަރު އެރިކްސަންގެ ނަންބަރު ޖެހި ޖާޒީ ދައްކާލައިފި.

ޔޫރޯ 2020ގެ ގްރޫޕް ބީގައި ބެލްޖިއަމްއާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަކީ ޑެންމާކު އަދި ބެލްޖިއަމްވެސް ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗު. ބެލްޖިއަމްގެ ފުރަތަމަ މެޗުގައި 3-0 އިން ރަޝިއާ ބަލިކޮށްފައި އޮތް އިރު، ޑެންމާކުން ކުޅުނު ފުރަތަމަ މެޗަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މެޗު. ފިންލޭންޑާ ދެކޮޅަށް ޑެންމާކުން އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށް. އެރިކްސަންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން. ފުރަތަމަ މެޗު އުނދަގޫ ހާލަތެއްގައި ކުޅެ ޑެންމާކު ބަލިވީ 1-0 އިން. މިރޭގެ މެޗުން މޮޅެއް އެޓީމަށް މަޖުބޫރު.

މެޗަށް ދެޓީމު ނުކުންނާނީ ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި.

ބެލްޖިއަމްގައި ފޯމްގައި ހުރި ފޯވަޑެއް، ޑެންމާކުގައި ވަރުގަދަ ގޯލްކީޕަރެއް

ބެލްޖިއަމްގެ ފޯވަޑް - ރޮމެލޫ ލުކާކޫ
  • މުބާރާތުގެ ފުރަތަމަ މެޗުގައި ރަޝިއާ ކޮޅަށް ދެ ގޯލު ޖެހި
  • ޔޫރޯ މުބާރާތްތަކުގައި ލުކާކޫ ވަނީ ހަތަރު ގޯލު ޖަހާފައި، އެއީ ބެލްޖިއަމްގެ ރެކޯޑު
  • ގައުމީ ޓީމަށް ކުޅުނު 94 މެޗުން އޭނާ ވަނީ 62 ގޯލު ޖަހާފައި
  • ގައުމީ ޓީމަށް އެންމެފަހުން ކުޅުނު 15 މެޗުގައި އޭނާ ވަނީ 20 ގޯލު ޖަހައިދީފައި
ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް
  • ލެޖެންޑަރީ ގޯލްކީޕަރު ޕީޓާ ޝޫމައިކަލްގެ ދަރިފުޅު
  • ލެސްޓާ ސިޓީއަށް 377 މެޗު ކުޅެދީ، އެޓީމާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވޭ
  • ޑެންމާކަށް 66 މެޗު ކުޅެދީފައިވޭ
  • 2018 އަހަރުގެ ވޯލްޑް ކަޕްގައި ވަނީ މޮޅު ކުޅުމެއް ދައްކާފައި