ޔޫރޯ 2020

ޔޫރޯ: ޔޫކްރެއިން 2-1 ނޯތު މެސަޑޯނިއާ

18 Jun 05:59

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފް ކޮންޓްރޯލް ކުރީ ޔޫކްރެއިންއިން
  • ކުރިއަށް ކުޅެމުންދިޔަ ޔާމަލެންކޯއާއި ޔަރެމްޗުކްގެ ނުރައްކާ ފެނުނު
  • ފުރަތަމަ ގޯލު ޖަހައިދިނީ ކޯނަރަކުން ޔާމަލެންކޯ
  • ދެވަނަ ގޯލަކީ ޔަމަލެންކޯ ދިން ބޯޅައަކުން ޔަރެމްޗުކް ޖެހި ގޯލެއް
  • ނޯތު މެސަޑޯނިއާގެ އެންމެ ރަނގަޅު ހަމަލާ އުފެއްދީ އެލްމާސް
  • ދެވަނަ ހާފުގައި ނޯތު މެސަޑޯނިއާ ހިތްވަރު ކުރި
  • ޕެނެލްޓީގެ އެހީގައި އަލިއޯސްކީ ވަނީ ފަރަގު ކުޑަކޮށްދީފައި
  • ޔޫކްރޭނަށް ލިބުނު ޕެނެލްޓީ މެލިނޯވްސްކީގެ ޕެނަލްޓީ ނޯތު މެސަޑޯނިއާ ގޯލްކީޕަރު މަތަކުރި
  • ޔޫކްރެއިން ގަދަ 16އަށް އުންމީދު އާކުރިއިރު، ނޯތު މެސަޑޯނިއާއަށް ދެން އޮތީ ހަނި ފުރުސަތެއް
18 Jun 05:52

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ޔޫކްރޭން ކުރީގައި އޮވެގެން.

18 Jun 05:47

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

18 Jun 05:41

83' މެލިނޯވްސްކީގެ ޕެނެލްޓީ ނޯތު މެސަޑޯނިއާގެ ގޯލްކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

18 Jun 05:40

ވީއޭއާރް ބަލައި ނޯތު މެސަޑޯނިއާގެ އަލިއޯސްކޯ އަތުގައި ޖެހުނު ކަމަށް ބަލައި ރެފްރީ ވަނީ ޔޫކްރެއިނަށް ޕެނެލްޓީއެއް ދީފައި.

18 Jun 05:39

80' ވީއޭއާރްގެ އެހީގައި ރެފްރީ ޕެނެލްޓީ ޗެކް ކުރުމަށް ސްކްރީން ކައިރިއަށް ގޮސްފި. ނޯތު މެސަޑޯނިއާ އޭރިއާ ތެރެއިން ޑިފެންޑަރަކު އަތުގައި ޖެހުނުތޯ ރެފްރީ ދަނީ ބަލަމުން.

18 Jun 05:33

'74 - ޔޫކްރޭނަށް ހުސް ފުރުސަތެއް. މަލިނޯވްސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ސިގަންކޯވް ފޮނުވާލި ހަމަލާ، ނޯތު މެސަޑޯނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Jun 05:30
މުޙައްމަދު ޝަމްޢޫން

މެޗުގައި ޔާމަލެންކޯ ޖެހި ގޯލަކީ ގައުމީ ޖާޒީގައި އޭނާ ޖެހި 42 ވަނަ ގޯލު. އެ ގޯލާއެކު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ޓީމުގެ ކޯޗު ޝެވްޗެންކޯގެ ރެކޯޑާ ހަމަކުރަން ޔާމަލެންކޯއަށް ބޭނުންވަނީ އެންމެ ހަ ގޯލު.

18 Jun 05:26

'68 - ނޯތު މެސަޑޯނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޓްރަޖްކޮވްސްކީ ފޮނުވާލި ހަމަލާ، ޔޫކްރޭން ކީޕަރު ބުޝްޗާން ވަނީ މަތަކޮށްފައި.

18 Jun 05:23

'65 - ޔޫކްރޭނަށް ފުރުސަތެއް. ކަރަވައޭވް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މަލިނޯވްސްކީ ފޮނުވާލި ހަމަލާ، ނޯތު މެސަޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ މަތަކޮށްފައި.

18 Jun 05:19

ބަދަލުތަކާއެކު މި ހާފުގައި ނޯތު މެސަޑޯނިއާ އިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން.

18 Jun 05:16

'57 - ނޯތު މެސަޑޯނިއާ އިން ލަނޑެއް ކާމިޔާބުކޮށް، ފަރަގު ކުޑަކޮށްފި. އަލިއޮސްކީ ފޮނުވާލި ޕެނަލްޓީ، ޔޫކްރޭން ކީޕަރު ބުޝްޗާން މަތަކުރި ނަމަވެސް، އޭނާ ވަނީ ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައި.

18 Jun 05:15

'55 - ނޯތު މެސަޑޯނިއާއަށް ޕެނަލްޓީއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޓްރަޖްކޮވްސްކީ ފޮނުވާލި ހަމަލާ، ޔޫކްރޭން ކީޕަރު ބުޝްޗާން ހުޝިޔާރުކަމާއެކު މަތަކުރި ނަމަވެސް، ރީބައުންސް ބޯޅަ ހޯދުމަށް ޕެނަލްޓީ އޭރިއާ ތެރެއިން ޕަންޑޭވްއަށް ކަރަވައޭވް ކުރި ފައުލާ ގުޅިގެން ނޯތު މެސަޑޯނިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައި.

18 Jun 05:08

'51 - ޔޫކްރޭންގެ ނުރައްކާތެރި ހަމަލާއެއް. މަލިނޮވީސްކީ ފޮނުވާލި ހިލޭ ޖެހުން، ނޯތު މެސަޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ މަތަކޮށްފައި.

18 Jun 05:05

'47 - ނޯތު މެސަޑޯނިއާއަށް ފުރުސަތެއް. ޕަންޑޭވް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަޑެމީ ފޮނުވާލި ހަމަލާ، ޔޫކްރޭންގެ ކީޕަރު ބުޝްޗާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

18 Jun 05:01

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

18 Jun 04:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފު ކޮންޓްރޯލް ކުރީ ޔޫކްރެއިންއިން
  • ކުރިއަށް ކުޅެމުންދިޔަ ޔާމަލެންކޯއާއި ޔަރެމްޗުކްގެ ނުރައްކާ ފެނުނު
  • ފުރަތަމަ ގޯލު ޖަހައިދިނީ ކޯނަރަކުން ޔާމަލެންކޯ
  • ދެވަނަ ގޯލަކީ ޔަމަލެންކޯ ދިން ބޯޅައަކުން ޔަރެމްޗުކް ޖެހި ގޯލެއް
  • ނޯތު މެސަޑޯނިއާގެ އެންމެ ރަނގަޅު ހަމަލާ އުފެއްދީ އެލްމާސް
18 Jun 04:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޔޫކްރޭން ކުރީގައި އޮވެގެން.

18 Jun 04:44

'43 - ޕެނަލްޓީ އޭރިއާ ތެރެއަށް ޑައިވް ކުރުމުން ޔޫކްރޭނުގެ ޝަޕަރެންކޯއަށް ރީނދޫ ކާޑެއް.

18 Jun 04:43

'40 - ޔޫކްރޭނަށް ފުރުސަތެއް. ޒިންޗެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކަރަވައޭވް ފޮނުވާލި ހަމަލާ، ނޯތު މެސެޑޯނިއާގެ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ މަތަކޮށްފައި.

18 Jun 04:41

'39 - ޕެނަލްޓީ އޭރިއާ ތެރެއިން ޕަންޑޭވް، ޔޫކްރޭންގެ ކީޕަރު ބުޝްޗާންގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑު މަގާމެއްގައި ހުރުމުން ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމާފައި.

18 Jun 04:35

'34 - ޔޫކްރޭނުން ލީޑު ފުޅާކޮށްފި. ޔަމަލެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޔޫކްރޭނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޔަރެމްޗުކް.

18 Jun 04:31

29' ޔޫކްރެއިން ލީޑު ނަގައިފި. ކޯނަރަކުން ހުރަސްވި ބޯޅަ ގޯލަށް ވައްދާލީ ޔާމަލެންކޯ. ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.

18 Jun 04:30

27' ޔޫކްރެއިންއަށް ފަހި ފުރުސަތއް. ޔާމަލެންކޯ ހުސްކޮށް އޮވެ ފޮނުވާލި ހަމަލާ، ކުރިއަށް ޖެހި ދިފާއުކުރީ ނޯތު މެސަޑޯނިއާގެ ގޯލްކީޕަރު.

18 Jun 04:26

21' ޔާމަލެންކޯ އަރިމަތިން ވަދެ ޖެހި ހަމަލާ ނޯތު މެސަޑޯނިއޯ ޑިފެންޑަރު ބްލޮކް ކުރުމުން ގޯލާ ދިމާލަށް ދިޔައީ މަޑުމަޑުން.

18 Jun 04:20

'17 - ނޯތު މެސަޑޯނިއާއަށް ފުރުސަތެއް. ނިކޮލޯވް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެލްމާސް ފޮނުވާލި ހަމަލާ ދިޔައީ ޔޫކްރޭން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

18 Jun 04:18

'15 - ނޯތު މެސަޑޯނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބާރްދީ ފޮނުވާލި ބާރު ހަމަލާ، އޭރިއާ ތެރެއިން ޔޫކްރޭނުގެ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

18 Jun 04:14

'11 - ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޔަރެމްޗުކް ނުރައްކާކުރުމުގެ ކުރިން ނޯތު މެސަޑޯނިއާގެ ޑިފެންޑަރު ރިސްޓޮވްސްކީ ޓެކަލްކޮށް ދިފާއުކޮށްފި.

18 Jun 04:09

'8 - ޔޫކްރޭނަށް ފުރުސަތެއް. ޒިންޗެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މަލިނޯވްސްކީ ފޮނުވާލި ހަމަލާ، ނޯތު މެސަޑޯނިއާގެ ކީޕަރު ޑިމިޓްރިއެވްސްކީ ވަނީ މަތަކޮށްފައި.

18 Jun 04:03

'3 - އަލިއޮސްކީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އަލްމާސްއަށް ލިބުމުގެ ކުރިން ޔޫކްރޭނުގެ ކީޕަރު ބުޝްޗާން ހޯދައިފި.

18 Jun 04:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނޯތު މެސަޑޯނިއާ އިން.

ޔޫރޯ 2020ގެ ގްރޫޕް ސީގައި ޔޫކްރެއިނާއި ނޯތު މެސަޑޯނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ދެޓީމުވެސް އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި. ގަދަ 16 އަށް ދިއުމުގެ އުންމީދު ދެމެހެއްޓުމަށް ދެޓީމަށްވެސް މެޗުން ތިން ޕޮއިންޓް މުހިއްމު. މި ދެޓީމު ވާދަވެރި މުބާރާތްތަކުގައި ދެ ފަހަރަށް ކުޅެފައިވާ އިރު، ޔޫކްރެއިން ވަނީ ދެ މެޗުވެސް ކާމިޔާބު ކޮށްފައި. މިއީ ނޯތު މެސަޑޯނިއާގެ ތާރީހުގައި އެންމެ ފުރަތަމަ ބޮޑު މުބާރާތް.

މިއަދުގެ މެޗަށް ދެޓީމު ނުކުންނާނީ ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައި.

ދެޓީމުގެ ނުރައްކާތެރި ދެ ފޯވަޑުން

ނޯތު މެސަޑޯނިއާ - ގޯރަން ޕަންޑޭވް

ނޯތު މެސަޑޯނިއާގެ ކެޕްޓަން ގޯރަން ޕަންޑޭވްއަކީ އެޓީމުގެ މުހިއްމު ލީޑަރު. އެންމެފަހުން ނޯތު މެސަޑޯނިއާ ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ ގޯލު ޖަހާފައި. އަދި ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ޕަންޑޭވް ވަނީ ހަތަރު ގޯލު ޖަހާފައި.

ޔޫކްރެއިން - ރޯމަން ޔަރަމްޗަކް

ޖެންޓަށް ކުޅެމުން އަންނަ ފޯވަޑް ޔަރްމުޗަކީ ޔޫކްރެއިންގެ މުހިއްމު ކުޅުންތެރިއެއް. ކޮލިފައިންގައިވެސް އޭނާގެ ގޯލުތައް ފެނުނު. އެންމެފަހުން ގައުމީ ޓީމަށް ކުޅުނު ހަތަރު މެޗުގައި ތިން ގޯލު ޖަހާފައިވޭ.