ޔޫރޯ 2020

ޔޫރޯ: ވޭލްސް 2-0 ތުރުކީ

17 Jun 09:00

މެޗުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ރެމްސީ ދެ ހަމަލާއެއް ބޭކާރު ކޮށްލި
  • ފުރަތަމަ ހަމަލާ ކީޕަރު މަތަކުރި އިރު، ދެވަނަ ހަމަލާ ހުހަށް ހުރެ ޖެހީ މަތިން
  • ތުރުކީގެ ދެ ހަމަލާއެއް ފެނުނު ބުރަކް ޔިލްމާޒްގެ ހަމަލާއެއްވެސް ނުރައްކާވި
  • އައިހާން ބޮލުން ފޮނުވާލި ހަމަލާ ވޭލްސް ގޯލްކީޕަރު މަތަކުރި
  • ފުރަތަމަ ހާފް ނިމެންދަނިކޮށް ވޭލްސްއަށް ލީޑު ނަގައިދިނީ ރެމްސީ، އެސިސްޓް ކުރީ ބޭލް
  • ދެވަނަ ހާފްގައިވެސް ހަމަލާތައް ގިނަ
  • ތުރުކީ ކެޕްޓަން ޔިލްމާޒް އަށް ހުސް ފުރުސަތެއް ލިބި ބޭކާރު
  • ވޭލްސްއަށް ލިބުނު ޕެނެލްޓީ ބޭލް ނާކާމިޔާބު ކޮށްލި
  • ފަހު މިނެޓުގައި މެޗު ހޫނުވި، ހިތްހަމަ ނުޖެހުން ފެނުނީ ވޭލްސް އޭރިއާ ތެރެއިން
  • ބޭލް އެސިސްޓްކޮށް، މެޗު ނިމިނިމި އޮއްވައި ވޭލްސްގެ ދެވަނަ ގޯލް ޖެހީ ކޯނޯ ރޮބާޓްސް
17 Jun 08:54

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ވޭލްސް ކުރީގައި އޮވެގެން.

17 Jun 08:53

'90+5 - ވޭލްސް އިން ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބޭލް ދިން ބޯޅައަކުން ވޭލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޮނާ ރޮބާޓްސް.

17 Jun 08:52

'90+3 - ވޭލްސްއަށް ފުރުސަތެއް. ބޭލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވިލްސަން ފޮނުވާލި ހަމަލާ، ތުރުކީގެ ޑިފެންޑަރު ޗެލްކް ވަނީ ޓެކަލްކޮށް ބްލޮކްކޮށްފައި.

17 Jun 08:49

'90 - ވޭލްސްގެ ގޯލު ކުރިމަތިން ހިނގި ހަމަނުޖެހުމަކާ ގުޅިގެން ތުރުކީގެ ކެޕްޓަން ޔިލްމާޒާއި ވޭލްސްގެ މެޕަން އަދި ބެން ޑޭވީސްއަށް ރީނދޫ ކާޑެއް.

17 Jun 08:47

'87 - ތުރުކީއަށް ރަނގަޅު ފުރުސަތެއް. ޗަލްހޮނޫގްލޫ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެމިރާލް ބޮލުން ފޮނުވާލި ހަމަލާ، ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

17 Jun 08:37

'79 - ވޭލްސްއަށް ފުރުސަތެއް. ރަމްސީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޭލް ބޮލުން ފޮނުވާލި ހަމަލާ، ތުރުކީގެ ކީޕަރު ޗަކީރް ވަނީ މަތަކޮށްފައި.

17 Jun 08:29

'71 - ޕެނަލްޓީ އޭރިއާ ތެރެއިން ޔިލްމާޒް ބޮލުން ފޮނުވާލި ހަމަލާ، ވޭލްސްގެ ކީޕަރު ވޯޑް ފަސޭހަކަމާއެކު ހޯދައިފި.

17 Jun 08:19

'61 - ވޭލްސްއަށް ލިބުނު ރަނުގެ ފުރުސަތު ނަގާލައިފި. ބޭލް ފޮނުވާލި ޕެނަލްޓީ ތުރުކީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

17 Jun 08:17

'60 - ޕެނަލްޓީ އޭރިއާ ތެރެއިން ބޭލްއަށް ޗެލިކް ކުރި ފައުލަކާ ގުޅިގެން ވޭލްސްއަށް ޕެނަލްޓީއެއް.

17 Jun 08:16

'58 - ވޭލްސްއަށް ރަނގަޅު ފުރުސަތެއް. މެޕަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަމްސީ ފޮނުވާލި ހަމަލާ، ތުރުކީގެ ކީޕަރު ޗަކީރް ވަނީ މަތަކޮށްފައި.

17 Jun 08:13

'55 - ތުރުކީއަށް ފުރުސަތެއް. އައިހާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޔިލްމާޒް ފޮނުވާލި ހަމަލާ، ވޭލްސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

17 Jun 08:12

'53 - ވޭލްސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބޭލް ފޮނުވާލި ބާރު ހަމަލާ ދިޔައީ ތުރުކީގެ ގޯލާ އަމާޒުނުވެ ބޭރަށް.

17 Jun 08:02

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

17 Jun 07:48

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ރެމްސީ ދެ ހަމަލާއެއް ބޭކާރު ކޮށްލި
  • ފުރަތަމަ ހަމަލާ ކީޕަރު މަތަކުރި އިރު، ދެވަނަ ހަމަލާ ހުހަށް ހުރެ ޖެހީ މަތިން
  • ތުރުކީގެ ދެ ހަމަލާއެއް ފެނުނު ބުރަކް ޔިލްމާޒްގެ ހަމަލާއެއްވެސް ނުރައްކާވި
  • އައިހާން ބޮލުން ފޮނުވާލި ހަމަލާ ވޭލްސް ގޯލްކީޕަރު މަތަކުރި
  • ހާފް ނިމެންދަނިކޮށް ވޭލްސްއަށް ލީޑު ނަގައިދިނީ ރެމްސީ، އެސިސްޓް ކުރީ ބޭލް
17 Jun 07:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ވޭލްސް ކުރީގައި އޮވެގެން.

17 Jun 07:45

މިއީ ރަމްސީއަށް ބޭލް ތަނަވަސްކޮށްދިން ތިންވަނަ ފުރުސަތު.

17 Jun 07:44

'42 - ވޭލްސް އިން ލީޑު ހޯދައިފި. މިފަހަރުވެސް ބޭލް އާއި ރަމްސީގެ ކޮމްބިނޭޝަނެއް. ބޭލް ދިން ރީތި ބޯޅަ، ވަރަށް ރީތިކޮށް މެއިން ކޮންޓްރޯލްކޮށްލުމަށްފަހު ރަމްސީ ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ތުރުކީގެ ގޯލުގެ ތިރީ ކަނަކަށް ބޯޅަ ފޮނުވާލާފައި.

17 Jun 07:38

'36 - ވޭލްސްގެ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް ތުރުކީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ބޭލް ހަމަލާއެއް ފޮނުވާލުމުގެ ތުރުކީގެ ޑިފެންޑަރު ސޮޔުންޗޫ ޓެކަލްކޮށް ބޯޅަ ހޯދައިފި.

17 Jun 07:35

މިހާރު ނުރައްކާތެރި އެޓޭކެއްގެ ގޮތުގައި ފެނިގެންދަނީ ތުރުކީގެ އެޓޭކް. ހާއްސަކޮށް ސެޓްޕީސްތަކުގައި އެޓީމު ފެންނަނީ ވަރަށް ނުރައްކާކޮށް.

17 Jun 07:33

'29 - ތުރުކީއަށް ފުރުސަތެއް. ޗަލްހޮނޫގްލޫ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން އައިހާން ބޮލުން ފޮނުވާލި ހަމަލާ، ވޭލްސް ގޯލުގެ އަރިމަތީ ދަނޑި ކައިރިން މޮރޭލް ވަނީ ދިފާއުކޮށްފައި.

17 Jun 07:24

'23 - ވޭލްސްއަށް ހުސް ފުރުސަތެއް. މިފަހަރުވެސް ބޭލް އާއި ރަމްސީގެ ކޮމްބިނޭޝަނެއް. ބޭލް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ ރަމްސީ ފޮނުވާލި ހަމަލާ ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

17 Jun 07:22

މެޗުގެ ފުރަތަމަ 20 މިނެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ. ނަމަވެސް އެޓޭކުގައި ބޮޑަށް ނުރައްކާކޮށް ފެންނަނީ ވޭލްސް.

17 Jun 07:20
މުޙައްމަދު ޝަމްޢޫން

މިއަހަރުގެ އެންމެ ޒުވާން ސްކޮޑެއް އޮތް ޓީމަކީ ތުރުކީ. އެހެންނަމަވެސް ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންނަށް ބަލައިލާ އިރު، ވޭލްސްއާ ތުރުކީގެ އެވަރެޖް އުމުރުގައި މާ ބޮޑު ފަރަގެއް ނެތް. އެވަރެޖް އުމުރު އުޅެނީ ގާތްގަނޑަކަށް 26 އަހަރުގައި.

17 Jun 07:16

'12 - ވޭލްސްގެ ހަމަލާއެއް. ޑެނިއަލް ޖޭމްސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިއެފާ މޫ، ބޮލުން ފޮނުވާލި ހަމަލާ ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

17 Jun 07:12

'9 - ތުރުކީއަށް ފުރުސަތެއް. އުންޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ބުރަކް ޔިލްމާޒް ފޮނުވާލި ހަމަލާ، ވޭލްސް ޑިފެންޑަރު ކްރިސް މެޕަން ފައިގައި ޖެހިފައި ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

17 Jun 07:07

'6 - ވޭލްސްއަށް ހުސް ފުރުސަތެއް. ބޭލް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އާރޮން ރަމްސީ ފޮނުވާލި ހަމަލާ، ތުރުކީގެ ކީޕަރު ޗަކީރް ވަނީ މަތަކޮށްފައި.

17 Jun 07:04

'4 - ޑެނިއެލް ޖޭމްސް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބެން ޑޭވިސް ބޮލުން ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒެއް ނުވި.

17 Jun 07:02

މި މެޗު ބެއްލަވައިލެއްވުމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވަނީ ދަނޑަށް ވަޑައިގެންފައި.

17 Jun 07:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ވޭލްސް އިން.

ޔޫރޯ 2020 ގެ ގްރޫޕް އޭގެ ދެވަނަ ބުރުގައި ތުރުކީއާއި ވޭލްސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ޔޫއެފާ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި މިރޭ ތުރުކީން ވޭލްސްއާ ދެކޮޅަށް ނުކުންނާނީ އަޒަރުބައިޖާންގެ ބަކޫގައި. ފުރަތަމަ މެޗުގައި އިޓަލީ އަތްދަށު ވެފައި އޮތުމުން ތުރުކީއަށް މިރޭގެ މެޗު އިންތިހާއަށް މުހިއްމު. މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ޔަގީން މަގާމެއްގައި ގަދަ 16 އަށް ދާން ތުރުކީއަށް އޮތް ފުރުސަތު ގެއްލޭނެ. ދެން ގަދަ 16 އަށް ދާން ތުރުކީއަށް ޖެހޭނީ އެހެން ގްރޫޕުތަކުގެ ނަތީޖާއަށް ބަލަން ތިބެން. ވޭލްސް ފުރަތަަމަ ކުޅުނު މެޗުގައި ސްވިޒަލޭންޑް އަތުން ލިބުނީ ޕޮއިންޓެއް. ފުރުސަތުގެ ބޭނުން ހިފަން ވޭލްސްވެސް ތައްޔާރުވާނެކަން ޔަގީން.

މެޗުގައި ނަޒަރު ހިންގާލަން މުހިއްމު ކުޅުންތެރިން

ގެރެތު ބޭލް - ވޭލްސް
  • އުމުރު: 31 އަހަރު
  • ކްލަބު: ރެއާލް މެޑްރިޑް
  • މަގާމު: ވިންގާ
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 93
  • ގައުމީ ޓީމަށް ޖެހި ގޯލްގެ އަދަދު: 33
  • ކެރިއަރުގައި ބޭލް ވަނީ 400 އަށްވުރެ ގިނަ މެޗު ކުޅެފައި
  • އޭނާއަކީ ވޭލްސްގެ ކެޕްޓަން
  • ބޭލް ވަނީ ޓޮޓެންހަމްއިން ވިދާލައި ރެއާލް މެޑްރިޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައި
ތުރުކީ - ބުރަކް ޔިލްމާޒް
  • އުމުރު: 35 އަހަރު
  • ކްލަބު: ލިލް
  • މަގާމު: ފޯވަޑް
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 68
  • ގައުމީ ޓީމަށް ޖެހި ގޯލްގެ އަދަދު: 29
  • ތަޖުރިބާކާރު ފޯވަޑް ވަނީ ގިނަ ކްލަބުތަކަށާއި ގައުމީ ޓީމަށް ކެރިއަރުގައި 600 އަށްވުރެ ގިނަ މެޗު ކުޅެފައި
  • ޔިލްމާޒްއަކީ ތުރުކީގެ ލީޑަރު، ކެޕްޓަން
  • މިދިޔަ ސީޒަންގެ ފްރާންސް ލީގު ލިލް އާއެކު ކާމިޔާބުކުރި
  • ތުރުކީގެ ޑޮމެސްޓިކް މުބާރާތްތައް ކާމިޔާބު ކޮށްފައިވާ ފޯވަޑެއް

ވޭލްސް އާއި ތުރުކީ މިހާތަނަށް ހަ މެޗެއްގައި ކުރިމަތިލާފައިވޭ. އޭގެތެރެއިން ތިން މެޗެއް ތުރުކީ ކަމިޔާބުކުރި އިރު، ވޭލްސް ވަނީ ދެ މެޗުން މޮޅުވެފައި. އަނެއް މެޗު ނިމުނީ އެއްވަރުވެގެން. ދެޓީމު އެންމެފަހުން ވާދަކޮށްފައި ވަނީ 1997 ވަނަ އަހަރު ޔޫރޯ ކޮލިފިކޭޝަންގައި. އެ މެޗު 6-4 އިން ކާމިޔާބުކުރީ ތުރުކީ.