މީގެ ދެމަސްކުރިން ކައިވެނި ކުރި ނިކް ޖޯނާސް އަދި ޕްރިޔަންކާ ޗޯޕްރާ (ޕީސީ)ގެ ކައިވެނި ހަފުލާތައް އަދިވެސް އޮތީ ކުރިއަށެވެ.
މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ނޯތް ކެރޮލިނާގައި ހުންނަ ނިކްގެ ބައްޕަގެ ރެސްޓޯރަންޓްގައި ވަނީ އެދެމަފިރިންނަށް ހާއްސަ ހަފުލާއެއް ބާއްވައިފައެެވެ.
މި ހަފުލާގައި ޕީސީ ހުރީ ހުދު ކުލައިގެ މާޖެހި ހެދުމެއްގައެވެ. ނިކް ހެދުން އަޅައިފައި ހުރީ ކެޝުއަލްކޮށެވެ.
މި ރެސްޓޯރަންޓަކީ ނިކްގެ މާމަގެ ހަނދާނުގައި އޭނާގެ ބައްޕަ ހަދާފައިވާ ރެސްޓޯރަންޓެކެވެ. ނިކްގެ މާމަ މަރުވެފައިވަނީ 2011 ވަނަ އަހަރުއެވެ.
ނިކް އަދި ޕީސީ ކައިވެނި ކޮށްފައިވަނީ މީގެ ދެމަސްކުރީން އިންޑިއާގައެވެ. އިންޑިއަން އަދި ވެސްޓާން ގޮތަށް ކައިވެނި ކުރުމަށްފަހު އެ ދެމަފިރީން ވަނީ ގިނަ ކައިވެނި ހަފުލާތަކެއް ބާއްވައިފަ އެވެ.