ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް

ތިން ގަޑިއިރަށް ފަހު، ވެލާނާ އެއާޕޯޓަށް ކަރަންޓު ލިބިއްޖެ

ތިން ގަޑިއިރަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަރަންޓު ލިބިއްޖެއެވެ.

މިއަދު ހަވީރު 4:30 ހާއިރު ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑުމަށް ފަހު، އެ މައްސަލަ ހައްލުވީ މިރޭ 7:56 ހާއިރެވެ.

ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑުމާ ގުޅިގެން ފްލައިޓްތައް އޮޕަރޭޓުކުރުން މެދުކެނޑި، ޗެކިންގ ކައުންޓަރުތައް އޮޕަރޭޓްކުރުން ވެސް ހުއްޓުމަކަށް އައިސްފައިވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި ޓުވީޓެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ސަރަހައްދުން ކަރަންޓު ކެނޑުނީ "ރިންގް މެއިން"އަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.