ފިލްމު މަންމަރްޒިޔާގެ ކާމިޔާބީއާ އެކު އަނުރާގް ކަޝަޕް މަސައްކަތް ކުރަމުން ދިޔައީ ވުމަނިޔާ ފިލްމުގެ މަސައްކަތެވެ. ފިލްމުގެ ލީޑް ތަރިންގެ ތެރޭގައި ތާޕްސީ ޕަންނު އާއި ބުމީ ޕެޑްނޭކަރު ހިމެނެއެވެ.
ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ ބަޖެޓް ބޮޑުވެގެން ދިޔަ ދިޔުމާއެކު އޭގެ މަސައްކަތް މިހާރުވަނީ ހުއްޓާލާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގައި ބޭނުން ކުރަން ހޯދަން ޖެހުނީ ވަރަށް އަގު ބޮޑު ހަތިޔާރެވެ. އެހެން ކަމުން ފިލްމުގެ ބަޖެޓަށްވުރެ ހަރަދުތައް ބޮޑުވެގެން ދާން ފެށިއެވެ. މީގެ އިތުރުން ފިލްމު ޝޫޓް ކުރުމުގައި ޑިލޭތައް އުޅެން ފެށުމުން ފިލްމުގެ ތަރިންތައް އެހެން ފިލްމު ތަކުގެ މަސައްކަތް ފަށާފައިވުމުން އަލުން ތާރީހުތައް ހަމަޖައްސަން އުނދަގޫވެގެން ދިޔައީއެވެ. އެހެން ކަމުން ފިލްމު މަސަކައްކަތް ވަގުތީ ގޮތުން ހުއްޓާލީއެވެ.
ވުމަނިޔާ އަކީ އިންޑިއާގެ އަންހެން ދެ ޝޫޓަރުންގެ ދިރިއުޅުމުގެ މައްޗަށް ހަދާ ފިލްމެކެވެ.
ޓާޕްސީ މިދުވަސްކޮޅު މަސައްކަތް ކުރަމުން ދަނީ "ބާޑިއ" އަދި "މިޝަން މަންގަލް" ގައެވެ. ބޫމީ އެންމެ އަވަހަށް ފެނިގެން ދާނީ "ސޮންޗިރިޔާ" އަދި "ތަޚްތު" އިންނެވެ.