ޔޫރޯ 2020

ޔޫރޯ: ޕޮލެންޑް 1-2 ސްލޮވޭކިއާ

15 Jun 08:55

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފް ޑޮމިނޭޓް ކުރީ ސްލޮވާކިއާ
  • އެޓީމުން ވަނީ ހައްގު ލީޑެއްވެސް ނަގާފައި
  • ގޯލުގައި މާކްގެ ހުނަރުވެރިކަން ފެނިގެން ދިޔަ، ބޯޅަ ގޯލަށް ވަނީ ޝެޒްނީ އަތުން ބައިކޮޅަށް
  • ޕެކަރިކާއި ކުކާ ދުރުން ފޮނުވާލި ހަމަލާތައް ފެނުނީ ނުރައްކާކޮށް
  • ދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައި ލެނެޓީ ޕޮލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން
  • އޮއިވަރު ބަދަލުވީ ޕޮލެންޑްގެ ކްރީކޯވިއާކަށް ދެއްކި ރަތް ކާޑާއެކު
  • ސްލޮވޭކިއާ މޮޅުވި ގޯލް ޖަހައިދިނީ އިންޓަގެ ޑިފެންޑަރު ސްކްރީނިއާ
  • ފަހު ވަގުތުގައި ޕޮލެންޑަށް ފުރުސަތުތަކެއް ލިބި ބޭކާރުވި، ބެޑްނަރެކްއާއި ސްވިޑާސްކީގެ ހަމަލާ ނާކާމިޔާބު
15 Jun 08:54

މެޗުގެ ފުރިހަަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ސްލޮވާކިއާ ކުރީގައި އޮވެގެން.

15 Jun 08:53

'+90 - ޕޮލެންޑުގެ ހަމަލާއެއް. ލެވަންޑޯސްކީ ދިން ބޯޅައަކުން ގޯލު ކުރިމަތިން، ޕެނަލްޓީ އޭރިއާ ބޭރުން ސްވިޑާސްކީ ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ކީޕަރު ޑުބްރާވާކާ ވަނީ މަތަކޮށްފައި.

15 Jun 08:50

'+90 - ޕޮލެންޑަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބެޑްނަރެކް ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

15 Jun 08:42

ސްލޮވޭކިއާއިން ވަރަށް ބޮޑަށް މެޗު ލަސްކޮށް، މަޑު ޖައްސާލަން މަސައްކަތް ކުރާކަން ފާހަގަވެގެންދޭ. އެޓީމުން ލީޑު ހިފަހައްޓަން ވަރަށް ބޮޑަށް ޑިފެންސަށް ސަމާލުކަން ދޭތަންވެސް މިހާރު ދަނީ ފެންނަމުން.

15 Jun 08:41

76' ޕޮލެންޑުން ހަމަލާއަކަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި. އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ލެވަންޑޯސްކީ ބޮލުން ގޯލަށް ފޮނުވާލި ނަމަވެސް ބާރެއް ނެތް.

15 Jun 08:29

'69 - ސްލޮވޭކިއާ އަލުން ލީޑު ނަގައިފި. އެ ގޯލަކީ ކޯނަރަކުން ޑިފެންޑަރު ސްކްރީނިއާ ޖެހި ހިތްގައިމު ގޯލެއް. އޭރިއާ ތެރޭގައި ހުރެ ބޯޅަ ކޮންޓްރޯލް ކޮށްލި ގޮތަށް އަމާޒުކޮށްލީ ގޯލްގެ ކަނަށް.

15 Jun 08:29

ރަތް ކާޑާއެކު ފަހަތުން އަރަން ޕޮލެންޑް ކުރަމުން ދިޔަ މަސައްކަތަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައި. މިއީ ސްލޮވޭކިއާއަށް ލިބުނު ވަރަށް ބޮޑަށް ހިތްވަރެއް. ބެލެވޭ ގޮތުގައި މެޗުގެ ފަހުބައި ފޯރިގަދަ ވެގެންދާނެ.

15 Jun 08:22

62' ޕޮލެންޑްގެ ކްރީކޯވިއާކަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައިފި.

15 Jun 08:18

57' ލެވަންޑޯސްކީގެ ހިލޭ ޖެހުމަށް. ގޯލް ކައިރިން ލިބުނު ހިލޭ ޖެހުން ގޯލަށް އަމާޒުކުރުމަށް މަސައްކަތް ކުރި ނަމަވެސް އަމާޒުވީ ފާރަށް.

15 Jun 08:14

50' ލެނެޓީގެ އިތުރު ހަމަލާއެއް. އަރިމަތިން ނެގި ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ދިޔައީ ކީޕަރު އަތަށް.

15 Jun 08:13

ޕޮލެންޑުން ދެވަނަ ހާފް ފެށީ ވަރުގަދަކޮށް. އެޓީމުން މިހާރު ކުޅެމުން އަންނަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން.

15 Jun 08:07

46' ޕޮލެންޑުން ނަތީޖާ ހަމަހަމަކޮށްފި. ޕޮލެންޑްގެ ގޯލް ޖަހައިދިނީ ކެރޮލް ލެނެޓީ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ރީބަސް.

15 Jun 08:02

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

15 Jun 07:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފް ޑޮމިނޭޓް ކުރީ ސްލޮވާކިއާ
  • އެޓީމުން ވަނީ ހައްގު ލީޑެއްވެސް ނަގާފައި
  • ގޯލުގައި މާކްގެ ހުނަރުވެރިކަން ފެނިގެން ދިޔަ، ބޯޅަ ގޯލަށް ވަނީ ޝެޒްނީ އަތުން ބައިކޮޅަށް
  • ޕެކަރިކާއި ކުކާ ދުރުން ފޮނުވާލި ހަމަލާތައް ފެނުނީ ނުރައްކާކޮށް
15 Jun 07:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސްލޮވާކިއާ ކުރީގައި އޮވެގެން.

15 Jun 07:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

15 Jun 07:43

'42 - ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ސްލޮވާކިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

15 Jun 07:29

'27 - ސްލޮވާކިއާގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކުކާ ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑްގެ ހުރަސްދަނޑީގެ ތަންކޮޅެއް މަތިން ބޭރަށް.

15 Jun 07:27

'26 - ސްލޮވާކިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕެކަރިކް ފޮނުވާލި ބާރު ހަމަލާ، ޕެނަލްޓީ އޭރިއާ ތެރޭ ހުރި ޕޮލެންޑްގެ ޑިފެންޑަރެއް ވަނީ ބްލޮކްކޮފައި.

15 Jun 07:20

'18 - ސްލޮވާކިއާ އިން ލީޑު ހޯދައިފި. ޕޮލެންޑްގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ރޮބާޓް މަކް ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު ޝެޒްނީ އަތުން ބައިކޮޅަށް.

15 Jun 07:15

'14 - ސްލޮވާކިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑުޑާ ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް،

15 Jun 07:05

'5 - ޕޮލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ، ސްލޮވާކިއާ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

15 Jun 07:01

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020ގެ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޕޮލެންޑާއި ސްލޮވޭކިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި މިރޭ ސްލޮވޭކިއާއި ޕޮލެންޑް ކުޅޭ މެޗަކީ ސެއިންޓް ޕީޓާސްބާގްގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅެވޭނެ ދެވަނަ މެޗު. ފުރަތަމަ އެ ސްޓޭޑިއަމްގައި ކުޅެފައި ވަނީ ރަޝިއާއި ބެލްޖިއަމް ވާދަކުރި މެޗު.

ކްރެސްޓޯވްސްކީ ސްޓޭޑިއަމްގެ ބައެއް މުހިއްމު މައުލޫމާތު

- އޭޕްރީލް 2017 އިން ފެށިގެން ރަޝިޔާ ލީގުގެ ޒެނިތުގެ ހޯމް ސްޓޭޑިއަމް
- 2018 ވަނަ އަހަރު ވޯލްޑް ކަޕް ހަތް މެޗު ކުޅުނު
- ޑިޒައިން ކޮށްފައި ވަނީ ޖަޕާނުގެ އާކިޓެކްޓް ކިޝޯ ކުރޮކާވާ

މެޗުގައި ބައްދަލުކުރާ ދެޓީމުގެ ބައެއް މުހިއްމު މައުލޫމާތު

- ސްލޮވޭކިއާއަކީ ދުނިޔޭ ފުޓުބޯޅައިގައި އެންމެ ހަގު އެއް ގައުމު.
- 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫރޯގައި ސްލޮވޭކިއާ ކުޅެ، ގަދަ 16އަށް ދަތުރުކުރި.
- ޕޮލެންޑަކީ އިދިކޮޅަށް ކުޅެން އަބަދުވެސް އުނދަގޫ ޓީމެއްގެ ގޮތުގައި ފާހަގަވާ ޓީމެއް.
- ޕޮލެންޑް ޔޫރޯގައި ވާދަކޮށްފައިވާ އިރު، އެގައުމުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 2008 ވަނަ އަހަރުގައި.
- އެޓީމުން ވަނީ 2016 ވަނަ އަހަރު ކުއާޓާއަށް ދަތުރު ކޮށްފައި.
- މެޗުގެ ތަރިއަކީ ޕޮލެންޑްގެ ފޯވަޑް، ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ.

ދެގައުމުގެ ހެޑް ޓު ހެޑް ކުރިމަތިލުންތަކަށް ބަލާއިރު މާ ބޮޑު ފަރަގެއް ނެތް. ޖުމުލަ އަށް މެޗެއްގައި ދެޓީމު ކުޅެފައިވާ އިރު، ހަތަރު މެޗުން މޮޅުވީ ސްލޮވޭކިއާ. ތިން މެޗުން ޕޮލެންޑް ކުރި ހޯދިއިރު އަނެއް މެޗު ނިމިފައި ވަނީ އެއްވަރު ވެގެން. އެންމެފަހުން މި ދެގައުމު ވާދަކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި.