ޔޫރޯ 2020

ޔޫރޯ: ފިންލޭންޑް 1-0 ޑެންމާކު

13 Jun 10:37

މެޗުގެ އުސްއަލިތައް:

  • ހަމަލާތައް އުފައްދައި ނުރައްކާ ކުރީ ޑެންމާކުން
  • ފިންލެންޑުގެ ކީޕަރު ހްރަޑެޓްސްކީ ފެނުނީ ވަރަށް ބުރަކޮށް
  • ވިންޑް، ބްރައިތުވެއިޓް، ހޮއިބިއާ އަދި އެރިކްސަންގެ ހަމަލާތައް ކީޕަރު މަތަކުރި
  • ހާފް ނިމެން ކައިރިވެފައި ވަނިކޮށް މެޑިކަލް އެމަޖެންސީއަކަށް މެޗު މެދުކަނޑާލި
  • މެޗު މެދުކަނޑާލީ އެރިކްސަން ދަނޑުމައްޗަށް ހަބަރު ހުސްވެ ވެއްޓުމުން
  • މެޗު ފެށީ އޭނާގެ ހާލު ސްޓޭބަލްތޯ ބަލައި، ގާތްގަނޑަކަށް ގަޑިއިރެއް ފަހުން
  • ފަހު ހާފުގައި ޑެންމާކުން ހަމަލާތައް އުފެއްދި ނަމަވެސް ލީޑު ނެގީ ފިންލޭންޑުން
  • ފިންލޭންޑްގެ ފުރަތަމަ ހަމަލާގައި ލީޑު ނެގީ ޖޮއެލް ޕޮޖަންޕާލޯ
  • މެޗުގައި ޑެންމާކަށް ޕެނެލްޓީއެއް ލިބި ނާކާމިޔާބުވި، އެ ޕެނެލްޓީ ޖެހީ ހޮއިބިއާ
  • މިއީ ފިންލޭންޑް ތާރީހުގައި ފުރަތަމަ ބޮޑު މުބާރާތް، ފުރަތަމަ މޮޅު
13 Jun 10:32

މެޗު ނިމިއްޖެ. ފިންލެންޑުން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން.

13 Jun 10:27

މެޗުގެ އިތުރު ވަގުތަށް ހަތަރު މިނެޓް ދައްކައިފި.

13 Jun 10:26

86' ޕައުލްސަންއަށް ރަނުގެ ފުރުސަތެއް. އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އޭނާއަށް ލިބުނު ނަމަވެސް ފޮނުވާލުމުގެ ކުރިން ޑިފެންޑަރު ވަނީ ބޭރުކޮށްލާފައި.

13 Jun 10:21

ޑެންމާކުން ދަނީ ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުން. އެހެންނަމަވެސް އަދިވެސް ފިންލޭންޑްގެ ޑިފެންސިވް ފާރު ފޫއަޅުވާލެވޭ ގޮތެއް ނުވޭ.

13 Jun 10:15

78' ޑެންމާކުގެ ހަމަލާއެއް. އަރިމަތިން ބްރައިޓްވެއިތު އަރިމަތިން އަރައި ފޮނުވާލި ހަމަލާ ސީދާ ގޯލްކީޕަރު އަތަށް.

13 Jun 10:13

73' ހޮއިބިއާ ޖެހި ޕެނަލްޓީ ފިންލޭންޑް ކީޕަރު ޖޮރޮނެން ވަނީ މަތަކޮށްފައި.

13 Jun 10:13

72' ޑެންމާކަށް ޕެނެލްޓީއެއް. ފިންލޭންޑް ޑިފެންޑަރު އަރަޖޫރީ ޕައުލްސަންއަށް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނެލްޓީ ދީފައި.

13 Jun 10:09

69' ޑެންމާކުގެ ދުރު ހަމަލާއެއް. ހޮއިބިއާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ މިފަހަރުވެސް ދިޔައީ މަތިން.

13 Jun 09:59

އެއީ ފިންލޭންޑްގެ ފުރަތަމަ ހަމަލާ، ކައުންޓާގައި ކުރިއަށް އަރައި ގޯލަށް ފުރުސަތު ފަހި ކޮށްދިނީ ޖެރޭ އުރޮނެން.

13 Jun 09:56

60' ފިންލޭންޑް ލީޑު ނަގައިފި. އެ ގޯލު ޖަހައިދިނީ ޖޮއެލް ޕޮޖަންޕާލޯ.

13 Jun 09:55

ޑެންމާކުން ދަނީ ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުން. ފިންލޭންޑުން ވަރަށް ބޮޑަށް ޑިފެންސަށް ސަމާލުކަންދީ ކުޅެމުންދާތީ ޑެންމާކަށް ވަނީ ގޯލެއް ޖެހުމަށް އުނދަގޫވެފައި.

13 Jun 09:55

ޑެންމާކުގެ ނުރައްކާތެރި ހަމަލާއެއް. ޑެނިއަލް ވަސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ މަތިން ބޭރަށް.

13 Jun 09:43

ދެވަނަ ހާފްގެ ކުޅުން ފަށައިފި. ހާފްޓައިމް ކުރުކުރީ މެޑިކަލް އެމަޖެންސީގެ ސަބަބުން.

13 Jun 09:42

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ހަމަލާތައް އުފައްދައި ނުރައްކާ ކުރީ ޑެންމާކުން
  • ފިންލެންޑުގެ ކީޕަރު ހްރަޑެޓްސްކީ ފެނުނީ ވަރަށް ބުރަކޮށް
  • ވިންޑް، ބްރައިތުވެއިޓް، ހޮއިބިއާ އަދި އެރިކްސަންގެ ހަމަލާތައް ކީޕަރު މަތަކުރި
  • ހާފް ނިމެން ކައިރިވެފައި ވަނިކޮށް މެޑިކަލް އެމަޖެންސީއަކަށް މެޗު މެދުކަނޑާލި
  • މެޗު މެދުކަނޑާލީ އެރިކްސަން ދަނޑުމައްޗަށް ހަބަރު ހުސްވެ ވެއްޓުމުން
  • މެޗު ފެށީ އޭނާގެ ހާލު ސްޓޭބަލްތޯ ބަލައި، ގާތްގަނޑަކަށް ގަޑިއިރެއް ފަހުން
13 Jun 09:38

މެޗުގެ ފުރަތަމަ ހާފުގެ ބާކީ ހަތަރު މިނެޓުގެ ކުޅުމަށްފަހު، ހާފު ނިންމާލައިފި. ފުރަތަމަ ހާފު ނިމުނު އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވޭ.

13 Jun 09:22

މެޗުގެ ބާކީ ބައި ރާއްޖޭ ގަޑިން މިރޭ 11:30 ގައި ފެށުމަށް ޔޫއެފާ އިން ނިންމައިފި.

ފުރަތަމަ ފުރިހަމަ ކުރާނީ މެޗު މެދުކަނޑާލި އިރު، ބާކީ އޮތް ފުރަތަމަ ހާފުގެ ހަތަރު މިނެޓުގެ ކުޅުން.

13 Jun 08:32

ޔޫއެފާ އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މި މެޑިކަލް އިމަޖެންސީއާ ގުޅިގެން ދެ ޓީމާއި މެޗު އޮފިޝަލުންނާ މަޝްވަރާކޮށް މިރޭ އިތުރު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް.

މިހާރު އެރިކްސަން ސްޓޭޑިއަމްއާ ކައިރި ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ޔޫއެފާ އިން މައުލޫމާތުދޭ.

13 Jun 08:14

އެ މެޗުގެ ބާކީ ބައި ފުރިހަމަ ކުރާނެ ވަގުތެއް އަދި ޔޫއެފާ އިން އިއުލާންކޮށްފައެއް ނުވޭ.

13 Jun 08:13

އިތުރު ފަރުވާއަށް އެރިކްސަން ދަނޑުން ބާލައި، ދެ ޓީމުގެ ކުޅުންތެރިން ވެސް ވަނީ ދަނޑުން ފާބާފައި.

13 Jun 07:55

އެރިކްސަނަށް ފަރުވާދެމުން އަންނަ އިރު، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސްކަން.

13 Jun 07:47

އަދިވެސް ޑެންމާކުގެ މެޑިކަލް ޓީމުން ދަނީ ދަނޑުމަތީ އެރިކްސަނަށް ފަރުވާދެމުން.

13 Jun 07:44

އެރިކްސަން ދަނޑުމައްޗަށް ވެއްޓުމުން އޭނާއަށް ފަރުވާދޭން ފަށައިފި. މި އަނިޔާގެ ސަބަބުން އޭނާއަށް ނޭވާލާން އުނދަގޫތަކެއް ވަނީ ކުރިމަތިވެފައި. މި އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރާނެ ކަމަށް ބެލެވޭ.

13 Jun 07:41
މުޙައްމަދު ޝަމްޢޫން

މިއީ ފިންލޭންޑްގެ ފުރަތަމަ ބޮޑު މުބާރާތް. ފުރަތަމަ މެޗު ކުޅެން ޖެހުނީ ޑެންމާކުގެ ހޯމް ދަނޑުގައި. އެތައް ހާސް ޑެންމާކް ސަޕޯޓަރުންނެއް ކުރިމަތީގައި ކުޅެން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވާނެ. ޑެންމާކަކީ ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާހުރި، އަބަދުވެސް ވަރުގަދަކޮށް ފެންނަ ޓީމެއް. ޑެންމާކުން ފެންނަނީ ފުލުފުލުގައި އެޓޭކްކޮށް ގޯލަކާ ދިމާލަށް މިސްރާބު ހުރިތަން.

13 Jun 07:40

ޑެންމާކުން ފެންނަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި، އެޓޭކު ކުރުމަށް މަސައްކަތްކުރާ ތަން. ނަމަވެސް ފިންލެންޑުގެ ޑިފެންސިވް ކުޅުމުގެ ސަބަބުން ޑެންމާކަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި. މި މެޗުގައި ފިންލެންޑުގެ އެންމެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފެންނަނީ ކީޕަރު ހްރަޑެޓްސްކީ. އޭނާގެ ފަރާތުން މުހިންމު ސޭވްތަކެއް ފެނިގެންދޭ.

13 Jun 07:26

ފިންލެންޑުގެ ކީޕަރު ހްރަޑެޓްސްކީ ވަރަށް ބުރަކޮށް ފެނުނު ނަމަވެސް، އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދޭ.

13 Jun 07:26

'19 - ޑެންމާކުގެ އިތުރު ހަމަލާއެއް. ބްރެތުވެއިޓް ދިން ބޯޅައަކުން ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށް އެރިކްސަން ފޮނުވާލި ހަމަލާ، ފިންލެންޑްގެ ކީޕަރު ހްރަޑެޓްސްކީ ވަނީ މަތަކޮށްފައި.

13 Jun 07:18

'15 - ޑެންމާކަށް އިތުރު ފުރުސަތެއް. މައޭލީ ނަގައިދިން ހުރަހަކުން ޕެނަަލްޓީ އޭރިއާ ތެރޭ ހުރެ ހޮއިބިއާގް ބޮލުން ފޮނުވާލި ހަމަލާ، ފިންލެންޑުގެ ކީޕަރު ހްރަޑެޓްސްކީ ވަނީ މަތަކޮށްފައި.

13 Jun 07:12

'7 - ޑެންމާކަށް ފުރުސަތެއް. ވިންޑް ފޮނުވާލި ހަމަލާ، ފިންލެންޑްގެ ކީޕަރު ހްރަޑެޓްސްކީ ވަނީ މަތަކޮށްފައި.

13 Jun 07:04

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ފިންލޭންޑް ނުކުންނާނީ ޑެންމާކާ ދެކޮޅަށް. އެ މެޗަށް ދެޓީމު ނުކުންނާނީ ޑެންމާކުގެ ކޯޕަން ހޭގަންގެ ޕާކެން ސްޓޭޑިއަމްގައި.

ކޯޕަން ހޭގަންއާއި ޕާކެން ސްޓޭޑިއަމްގެ ބައެއް މުހިއްމު މައުލޫމާތު

ސިޓީ: ކޯޕެންހޭގަން
ސްޓޭޑިއަމް: ޕާކެން ސްޓޭޑިއަމް
ސަޕޯޓަރުންގެ ޖާގަ: 38،065 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 11،236 މީހުން (25-33 ޕަސެންޓް)

ކޯޕަންހޭގަން
- ދުނިޔޭގެ އެންމެ އުފާވެރި އެއް ސިޓީ ކަމަށް ދިރާސާތައް ބުނެފައިވޭ
- ބައިސްކަލުގެ ދަތުރުތައް ގިނަ، އާބާދީގެ ދެބައިކުޅަ އެއްބައި ކޮންމެ ދުވަހަކުވެސް ބައިސްކަލް ބޭނުން ކުރޭ
- ސްވިޑެންއާ ޑެންމާކް ގުޅުވައިދޭ އޮރެސުންޑް ބްރިޖު ހިމެނޭ ސިޓީ

ޕާކެން ސްޓޭޑިއަން
- ޑެންމާކްގެ އެންމެ ބޮޑު ސްޓޭޑިއަމް، ޔޫރޯގެ އެންމެ ކުޑަ ސްޓޭޑިއަމް
- ޑެނިޝް ލީގުގެ އެފްސީ ކޯޕަންހޭގަންގެ ހޯމް ސްޓޭޑިއަމް
- ޑެންމާކް ގައުމީ ޓީމުގެ ހޯމް ސްޓޭޑިއަމް
- 1994 ވަނަ އަހަރު ޔޫރޮޕިއަން ކަޕް ވިނާސް ކަޕް، އޭގެ ހަ އަހަރު ފަހުން ޔޫއެފާ ކަޕް ފައިނަލް ކުޅުނު ސްޓޭޑިއަމް، ދެ މެޗުގައިވެސް އާސެނަލް ކުޅެފައިވޭ

ޑެންމާކާއި ފިންލޭންޑަކީ ތާރީހެއް އޮތް ދެޓީމު. ގިނަ މެޗުތަކެއްގައި ދެޓީމު ވަނީ ކުރިމަތިލާފައި. ވާދަވެރި 58 މެޗުގައި ފިންލޭންޑާއި ޑެންމާކު ވާދަކޮށްފައިވާ އިރު، ތާރީހަށް ބަލައި ކުރި ލިބެނީ ޑެންމާކަށް. އެޓީމުން 36 ފަހަރު ފިންލޭންޑް ބަލިކޮށްފައިވޭ. ފިންލޭންޑަށް ޑެންމާކު ބަލި ކުރެވުނީ 13 ފަހަރަކު. އެންމެފަހުން ފިންލޭންޑުން ޑެންމާކު ބަލިކުރީ 2000 ވަނަ އަހަރު. ޑެންމާކާއި ފިންލޭންޑް އެންމެ ފަހުން 2011 ވަނަ އަހަރު ކުޅުނު މެޗުން ޑެންމާކު ވަނީ 2-1 އިން މޮޅުވެފައި. އެ ދެޓީމު ވާދަކުރި ނުވަ މެޗެއް ވަނީ އެއްވަރުވެގެން ނިމިފައި.