ޔޫރޯ 2020

ޓީމު ޕްރޮފައިލް: ހަންގޭރީ

  • އާބާދީ: 9.87 މިލިއަން
  • ވެރިރަށް: ބުޑަޕެސްޓް
  • ޓީމުގެ ވަނަން: މަގަޔަރޮކް (މަގިޔާސް)
  • ކެޕްޓަން: އެޑަމް ޒަލާއީ
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ބަލާސް ސުޑްސާކް / ގަބޯރް ކިރާލީ (108 މެޗު)
  • ޓޮޕް ސްކޯރާ: ފެރެންކް ޕުސްކާސް (84 ގޯލް)

ހަންގޭރީން މިހާތަނަށް ނުވަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅެ، ހަތަރު ފަހަރަށް ޔޫރޯގައި ކުޅެފައިވެއެވެ. 1934 ވަނަ އަހަރު ދުނިޔޭގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕް ހަންގޭރީގައި ބާއްވާފައިވާއިރު، 1938 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި އެގައުމުން ކުޅެފައިވެއެވެ. އެގައުމު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ފްރެންކް ޕުސްކާސްގެ ނަން ދުނިޔެއަށް އޭރު ތައާރަފު ވެގެން އައީ އެ މުބާރާތްތަކުންނެވެ.

ޔުރޯގެ ތާރީހަށް ބަލާއިރު 1964 ވަނަ އަހަރު ހަންގޭރީ ވަނީ މުބާރާތު ތިންވަނަ ހޯދައިފައެވެ. އަދި 1972 ވަނަ އަހަރު އެގައުމުން ވަނީ ހަތަރުވަނަ ހޯދައިފައެވެ. އޭގެފަހުން ކޮލިފައި ނުވެ ގިނަ މުބާރާތްތަކެއް ދިޔުމަށްފަހު ފޯމެޓަށް ގެނައި ބަދަލާއެކު 2016 ވަނަ އަހަރު ހަންގޭރީ އަނެއްކާވެސް ޔޫރޯއަށް ކޮލިފައިވިއެވެ.

ކޯޗު

މާކޯ ރޮސީ
އުމުރު: 56 އަހަރު

އިޓަލީއަށް އުފަން މާކޯ ރޮސީއަކީ 1980 ގެ އަހަރުތަކުން ފެށިގެން 1990 ގެ ފަހުކޮޅާ ހަމައަށް އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ޑިފެންޑަރެއްގެ ގޮތުގައި ކުޅުނެވެ. އިޓަލީގެ ދަށް ޑިވިޝަންތަކުން ކޯޗުން ކެރިއަރު ފެށި ނަމަވެސް އޭނާގެ ކޯޗިން ކެރިއަރާއި ހަންގޭރީއާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ހަންގޭރީގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް ކޯޗުކަން ކޮށްދިނުމަށްފަހު ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. ކޯޗުކަމާ ހަވާލުވެ ފުރަތަމަ ހަންގޭރީއާއެކު ޔޫރޯ ކޮލިފިކޭޝަންގެ މުހިއްމު މެޗަކަށް ނުކުންނަން ޖެހިފައި އޮތް ނަމަވެސް ރޮސީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެ އެ މެޗު ވަނީ ގެއްލިފައެވެ. ނަސީބު ކަންދިމާކުރި ގޮތުން އެ މެޗު ހަންގޭރީން ވަނީ ކާމިޔާބުކޮށް ޔޫރޯ 2020 ގެ ޖާގައެއް ހޯދައިފައެވެ.

ތަރި

ޑޮމިނިކް ޒޮބޮސްލާއި
އުމުރު: 20 އަހަރު
ކްލަބު: އާރްބީ ލެއިޕްޒިގް

ޖަރުމަނު ބުންޑަސްލީގާގެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި މިހާރު ގުނައިލެވޭ އާރްބީ ލެއިޕްޒިގަށް މި ސީޒަންގައި ބަދަލުވި ޒުވާން ހުނަރުވެރި މިޑްފީލްޑަރު ޑޮމިނި ޒޮބިސްލާއީ އަކީ ހަންގޭރީއަށް މިފަހަރުގެ ޔޫރޯގައި އެންމެ މުހިއްމު ވާނެ ކުޅުންތެރިޔާއެވެ. ޒޮބިސްލާއީ އެންމެ ފުރަތަމަ ހަންގޭރީއަށް ކުޅުނީ ޔޫރޯ ކޮލިފައިންގައި 2019 ވަނަ އަހަރުއެވެ. މިހާތަނަށް ކުޅުނު 12 މެޗުގައި އޭނާ ވަނީ ތިން ގޯލް ޖަހާފައެވެ. އޮސްޓްރިއާގައި ކުޅުނު ދުވަސްވަރު ޒޮބިސްލާ ވަނީ ތިން ފަހަރަށް އެގައުމު ލީގު ނަގާފައެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް:

  • ޖޫން 15 / 21:00 ހަންގޭރީ – ޕޯޗުގަލް
  • ޖޫން 19 / 18:00 ހަންގޭރީ – ފްރާންސް
  • ޖޫން 24 / 00:00 ޖަރުމަން – ހަންގޭރީ

ސްކޮޑު

ގޯލްކީޕަރުން

އެޑަމް ބޮގްޑޭން (ފެރެންސްވާރޯސް)
ޑެނޭސް ޑިބަސްޒް (ފެރެންސްވާރޯސް)
ޕީޓާ ގުލަކްސީ (ލެއިޕްޒިގް)

ޑިފެންޑަރުން

ބެންޑެގޫޒް ބޯލާ (ފެހޭވޭރް)
އެންޑްރޭ ބޮޓްކާ (ފެރެންސްވާރޯސް)
އެޓީލާ ފިއޯލާ (ފެހޭވޭރް)
އަކޯސް ކެސްކޭސް (ލުގާނޯ)
އެޑޭމް ލޭންޖް (ފެރެންސްވާރޯސް)
ލޮއިކް ނެގޯ (ފެހޭވޭރް)
ވިލީ އޯބަން (ލެއިޕްޒީގް)
އަޓީލާ ޒަލާއީ (ފެނަބާޗޭ)

މިޑްފީލްޑަރުން

ތަމާސް ސެރީ (މެޒޮކޮވެސްޑް)
ޑެނިއަލް ގަޒްޑާގް (ފިލަޑެލްފިއާ ޔޫނިއަން)
ލާޒްލޯ ކްލެއިންހޭޒްލާ (އޮސިޖެކް)
އެޑަމް ނަގީ (ބްރިސްޓަލް ސިޓީ)
އެންދްރޭސް ޝެފާ (ޑުނަކްސްކާ ސްޓްރޭޑާ)
ޑޭވިޑް ސިގޭ (ފެރެންސްވާރޯސް)
ކެވިން ވާގާ (ކަސިމްޕާސާ)
ރޮލާންޑް ވާގާ (އެމްޓީކޭ ބުޑަޕެސްޓް)

ފޯވަޑުން

ޖޭނޯސް ހާން (ޕަކްސް)
ފިލިޕް ހޮލެންޑާ (ޕާޓިޒަން)
ނެމެންޖާ ނިކޮލިޗް (ފެހޭވޭރް)
ރޮލާންޑް ސަލާއީ (ފްރީޒްބާގް)
ޒަބޮލްސް ޝޯން (އެފްސީ ޑަލާސް)
އެޑަމް ޒަލާއީ (މެއިންޒް)