ޔޫރޯ 2020

ޓީމް ޕްރޮފައިލް: ޗެކް ރިޕަބްލިކް

  • ވެރި ރަށް: ޕްރާގް
  • އާބާދީ: 10،726،552
  • ވަނަން: ލޯކޯމޯޓިވާ (ލޮކޮމޯޓިވް)
  • ކެޕްޓަން: ބޯރެކް ޑޯކަލް
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ޕީޓާ ޗެކް (124 މެޗު)
  • ޓޮޕް ސްކޯރާ: ޖާން ކޯލާ (55 ގޯލް)

ޗެކުސްލޮވޭކިއާ ދެ ފަޅިވެ ޗެކު ރިޕަބްލިކާއި ސްލޮވޭކިއާ އުފެދުނު ހިސާބުން ޗެކު ރިޕަބްލިކަކީ ވަކި ފުޓުބޯޅަ ޓީމެއްގެ ގޮތުގައި އުފެދިގެން ދިޔައެވެ. އެގައުމުގެ ތާރީހުގައި، ޗެކު ރިޕަބްލިކްގެ ނަމުގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެފައި ވަނީ 23 ފެބުރުއަރީ 1994 ވަނަ އަހަރުގައެވެ.

ޔޫރޯއަށް ކޮލިފައި ވުމަށް 1996 ވަނަ ޗެކް ރިޕަބްލިކްގެ ފުރަތަމަ މެޗު ކުޅެފައިވާއިރު، އެގައުމުން އެ އަހަރު ޔޫރޯގައި ވެސް ވާދަކޮށްފައިވެ އެވެ. މިހާތަނަށް ޔޫރޯގައި ހަތް ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު، ޗެކް ރިޕަބްލިކްގެ ނަމުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1996 ވަނަ އަހަރު މުބާރަތުގެ ފައިނަލް ކުޅުމެވެ. ޗެކް ރިޕަބްލިކްގެ ނަމުގައި ރަނަރަޕްކަން ލިބުނު ނަމަވެސް 1976 ވަނަ އަހަރު ޗެކުސްލޮވޭކިއާ ނަމުގައި ވަނީ ޔޫރޯ ހޯދައިފައެވެ.

ކޯޗު

ޖަރޮސްލަފް ފިޅަވީ
އުމުރު: 59 އަހަރު

ޖަރޮސްލަފްއަކީ ޗެކް ރިޕަބްލިކްގެ ފުޓުބޯޅައަށް މަޝްހޫރު ނަމެކެވެ. ކުޅުންތެރިއެއްގެ ގޮތުގައާއި، ކޯޗެއްގެ ގޮތުގައި ބައިނަލްއަގުވާމީ ތަޖުރިބާ މަދު ނަމަވެސް ޗެކް ރިޕަބްލިކްގެ ފުޓުބޯޅައަށް ޖަރޮސްލަފް އަލެއް ނޫނެވެ. އެގައުމުގެ އެކިއެކި ކްލަބުތަކަށް 465 މެޗު ކުޅެދީފައިވާއިރު، އޭނާއަކީ ޗެކު ޓޮޕް ފްލައިޓްގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު އޮތް ކުޅުންތެރިޔާއެވެ.

ޗެކް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކޯޗުކަން ކޮށްދިނުމަށްފަހު ޖަރޮސްލަފް ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. ގައުމީ ޓީމާ އޭނާ ހަވާލުވީ އެގައުމުގެ 21 އަހަރުން ދަށުގެ ޓީމުގެ އިތުރުން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައިވެސް މަސައްކަތް ކޮށްފައެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ޖަރޮސްލަފް މަސައްކަތް ކުރީ 2001 އިން 2009 ވަނަ އަހަރާ ހަމައަށެވެ.

ތަރި

ތޯމަސް ސޯޗެކް
އުމުރު: 26 އަހަރު
ކްލަބު: ވެސްޓްހަމް

ޔޫރޯގައި ޗެކް ރިޕަބްލިކުން ފެންނާނެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އިނގިރޭސި ކްލަބު ވެސްޓްހަމްއަށް ކުޅެމުން އަންނަ ހަށިގަނޑު ވަރުގަދަ މިޑްފީލްޑަރު ސޯޗެކްއެވެ. މިދިޔަ އަހަރު ޗެކް ރިޕަބްލިކްގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުނު ސޯޗެކަކީ މި ސީޒަންގެ ޕްރިމިއާ ލީގުގައިވެސް އެންމެ "އިންފްލުއެންޒިން" އެއް މިޑްފީލްޑަރެވެ. 2019 ވަނަ އަހަރު ވެސްޓްހަމްއަށް އޭނާ ދިޔައީ ލޯނު އެއްބަސްވުމެއްގެ ދަށުން ނަމަވެސް މި ސީޒަނަށް އޭނާ އެ ކްލަބަށް ދާއިމީ ކޮށް ދިޔައެވެ. އެ ކްލަބަށް ސޯޗެކް ގެންދިޔައީ 19 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް:

ޖޫން 14 / 18:00 / ސްކޮޓްލޭންޑް – ޗެކް ރިޕަބްލިކް
ޖޫން 18 / 21:00 / ކްރޮއޭޝިއާ – ޗެކް ރިޕަބްލިކް
ޖޫން 23 / 00:00 / ޗެކް ރިޕަބްލިކް – އިންގްލެންޑް

ސްކޮޑު

ގޯލްކީޕަރުން

އެލެސް މަންޑޯސް (އޮލޮމައުޗް)
ޖީރީ ޕަވްލެންކާ (ވާޑާ ބްރޭމަން)
ތޯމަސް ވަސްލިކް (ސެވިއްޔާ)

ޑިފެންޑަރުން

ޖާން ބޮރިލް (ސްލާވިއާ ޕްރާހާ)
ޖާކޫބް ބްރާބެކް (ވިކްޓޯރިއާ ޕްލާޒެން)
އޮންދްރޭޖް ސެލޫޓްސްކާ (ސްޕާޓާ ޕްރާހާ)
ލަޑިމީރް ކޯފުލް (ވެސްޓް ހަމް)
ޕަވެލް ކަޑެރަބެކް (ހޮފެންހެއިމް)
ތޯމަސް ކަލާސް (ބްރިސްޓަލް ސިޓީ)
ތޯމަސް ހޯލްސް (ސްލާވިއާ ޕްރާހާ)
އެލެސް މަތޭޖޫ (ބްރެސްސިއާ)
ޑޭވިޑް ޒިމާ (ސްލާވިއާ ޕްރާހާ)

މިޑްފީލްޑަރުން

އެންޓޯނިން ބަރަކް (ވެރޯނާ)
ލަޑިމީރް ޑަރީޑާ (ހާތާ ބާލިން)
ޖަކޫބް ޖަންކްޓޯ (ސަމްޕަޑޯރިއާ)
އެލެކްސް ކްރާލް (ސްޕާޓަކް މޮސްކްވާ)
ލޫކަސް މަސްޕުސްޓް (ސްލާވިއާ ޕްރާހާ)
ޖަކޫބް ޕެސެކް (ސްޕާޓާ ޕްރާހާ)
މިޝޭލް ސަލިލެކް (ލިބެރެކް)
ޕީޓާ ސެވްސިކް (ސްލާވިއާ ޕްރާހާ)
ތޯމަސް ސޫޝެކް (ވެސްޓް ހަމް)

ފޯވަޑުން

އެޑަމް ލޮޒެކް (ސްޕާޓާ ޕްރާހާ)
މިޝޭލް ކްރިމެންސިކް (ޕާއޯކް)
ތޯމަސް ޕެކްހާޓް (ލޭޖިއާ)
ޕެޓްރިކް ޝިކް (ލެވަކޫސެން)
މަޓޭޖް ވީޑްރާ (ބާންލީ)