ޔޫރޯ 2020

ޓީމް ޕްރޮފައިލް: އޮސްޓްރިއާ

  • އާބާދީ: 8.9 މިލިއަން
  • ވެރިރަށް: ވިއެނާ
  • ޓީމުގެ ވަނަން: ޑަސް ޓީމް (ދަ ޓީމް) / ބުރްޝެން (ދަ ބޯއީޒް) / އުންސެރޭ ބުރްޝެން (އަވާ ބޯއީޒް)
  • ކެޕްޓަން: ޖޫލިއަން ބައުމްގާޓްލިންގާ
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: އެންޑި ހެރްޒޮގް (103 މެޗު)
  • ޓޮޕް ސްކޯރާ: ޓޯނީ ޕޮލްސްޓާ (44 ގޯލް)

އޮސްޓްރިއާ އަކީ 2008 އިން ފެށިގެން ޔޫރޯއަށް އާ ޓީމެއް ނޫނެވެ. އެޓީމުން ވަނީ މީގެ ކުރިން ޔޫރޯ 2008 އަދި އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި ވާދަކޮށްފައެވެ. އަދި އެޓީމުން ވަނީ ވޯލްޑް ކަޕުގައި ވެސް ހަތް ފަހަރަކު ވާދަކޮށްފައެވެ.

އޮސްޓްރިއާގެ އެންމެ ބޮޑު ކާމިޔާބަކީ ވޯލްޑް ކަޕް 1954 އެވެ. އެ މުބާރާތުގައި އެޓީމުން ވަނީ ތިންވަނަ ހޯދައިފައެވެ. ސެމީ ފައިނަލުން އެޓީމު ބަލި ވީ އެ މުބާރާތުގެ ޗެމްޕިއަން ވެސްޓް ޖަރުމަން އަތުންނެވެ. ނަމަވެސް ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި އެޓީމުން ވަނީ އުރުގުއާއީ ބަލިކޮށްފައެވެ. ޔޫރޯގައި އެޓީމަށް ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. ޔޫރޯގައި އެޓީމު ވާދަ ކުރި ދެ ފަހަރުވެސް ނިންމާލަން ޖެހުނީ ގްރޫޕު ސްޓޭޖާ ހަމައިންނެވެ.

ކޯޗު

ފްރެންކޯ ފޮޑާ
އުމުރު: 55 އަހަރު

އޮސްޓްރިއާގެ ކޯޗަކީ އެގައުމުގެ ކްލަބުތަކަކަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ ޖަރުމަނަށް އުފަން ފޮޑާއެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޖަރުމަންގެ ބަޔާ ލެވަކޫސަން އާއި ވީއެފްބީ ސްޓުޓްގާޓްއަށް ކުޅުނު ފޮޑާ ވަނީ ފްރާންޒް ބެކަންބާގެ އިރުޝާދުގެ ދަށުން ވެސްޓް ޖަރުމަން ގައުމީ ޓީމުން ފެނިފައެވެ. އޭނާ 18 އަހަރަށްފަހު ކުޅުން ހުއްޓާލީ 2001 ވަނަ އަހަރުއެވެ.

ކުޅުން ހުއްޓާލުމަށްފަހު ފޮޑާގެ ކޯޗިން ކެރިޔަރު ފެށީ 2001 ވަނަ އަހަރު އޭނާ އެންމެ ފަހުން ކުޅުނު އޮސްޓްރިއާގެ ސްޓާމް ގްރާޒް އިންނެވެ. އޮސްޓްރިއާއާ ފޮޑާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް އޮސްޓްރިއާ ކުޅުނު 32 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެފައިވާ އިރު، ބަލިވެފައިވަނީ އަށް މެޗުންނެވެ. އަދި ހަތަރު މެޗު ނިމިގެންދިޔައީ އެއްވަރުވެގެންނެވެ.

ތަރި

ޑޭވިޑް އަލަބާ
އުމުރު: 28 އަހަރު
ކްލަބު: ރެއާލް މެޑްރިޑް

މިސީޒަނަށް ފަހު އަލަބާ ވަނީ ޖަރުމަންގެ ބަޔާން މިއުނިކްގެ ކޮންޓްރެކްޓް ހަމަވުމާއެކު 13 އަހަރަށްފަހު އެކްލަބު ދޫކޮށްލައި، ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅިފައެވެ. ކްލަބު ފުޓުބޯޅައިގައި އަލަބާ ޑިފެންޑަރެއްގެ ގޮތުގައި ފެނުނު ނަމަވެސް، އޮސްޓްރިއާ ގައުމީ ޓީމުން އޭނާ މިޑްފީލްޑަރެއްގެ ގޮތުގައި ވެސް ފެނިގެންދެއެވެ. އޮސްޓްރިއާއަށް 2009 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ 14 ގޯލު ޖަހައިދީފައެވެ. ބަޔާންއާއެކު ދިހަ ފަހަރު ޖަރުމަން ބުންޑަސްލީގާ އަދި ދެ ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދާފައިވާ އަލަބާ ވަނީ ޔޫރޯ 2016 ގައި ވެސް އޮސްޓްރީއާގެ ޓީމަށް ކުޅެފައެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް:

  • 13 ޖޫން/ 21:00 އޮސްޓްރިއާ – ނޯތު މެސެޑޯނިއާ
  • 18 ޖޫން/ 00:00 ނެދަލެންޑްސް – އޮސްޓްރިއާ
  • 21 ޖޫން/ 21:00 ޔޫކްރޭން – އޮސްޓްރިއާ

އޮސްޓްރިއާގެ ސްކޮޑު:

ގޯލްކީޕަރުން

އެލެކްސެންޑާ ޝުލޭގާ (އެލްއޭއެސްކޭ)
ޕަވައޯ ޕާވަން (ވީއެފްއެލް ވުލްފްސްބާގް)
ޑެނިއެލް ބެޗްމަން (ވެޓްފޯޑް)

ޑިފެންޑަރުން

އަންދްރޭސް އުލްމާ (ރެޑްބުލް ސަލްޒްސްބާގް)
އެލެކްސެންޑާ ޑްރެގޮވިޗް (ރެޑް ސްޓާ ބެލްގްރޭޑް)
މާޓިން ހިންޓެރެގާ (އެންޓްރެކްޓް ފްރެންފާޓް)
ސްޓެފަން ޕޮޝް (ހޮފެންހޭމް)
ޑޭވިޑް އަލަބާ (ރެއާލް މެޑްރިޑް)
ފިލިޕް ލިއެންހާޓް (އެސްސީ ފެރޭބާގް)
ކްރިސްޓޮފާ ޓްރިމެލް (ޔޫނިއަން ބާލިން)
ސްޓެފަން ލައިނާ (ބޮރޫޝިއާ މޮންޗެންގްލަޑްބެޗް)
މާކޯ ފްރެއިޑީ (ވާޑާ ބްރޭމަން)

މިޑްފީލްޑަރުން

ސްޓެފަން އިލްސެންކާ (އެންޓްރެކްޓް ފްރެންފާޓް)
ފްލޯރިއަން ގްރިލިޓްޝް (ހޮފެންހޭމް)
ޖޫލިއަން ބައުމްގާޓްލިންގާ (ބަޔާ ލެވަކޫސަން)
ލުއިސް ޝައުބް (ލުޒާން)
އެލެސެންޑްރޯ ޝޯފް (ޝާލްކޭ)
ކްރިސްޓޮފް ބައުމްގާޓްނާ (ހޮފެންހޭމް)
ވެލެންޓީނޯ ލަޒާރޯ (ބޮރޫޝިއާ މޮންޗެންގްލަޑްބެޗް)
ޒޭވާ ޝްލޭގާ (ވީއެފްއެލް ވުލްފްސްބާގް)
ކޮންރާޑް ލައިމާ (އާރްބީ ލައިޕްޒިގް)

ފޯވަޑުން

މާކޯ އާނޯޓޮވިޗް (ޝަންހާއީ ޕޯޓް)
މާސެލް ސަބިޓްޒާ (އާރްބީ ލައިޕްޒިގް)
މައިކަލް ގްރެގޮރިޓްޝް (އެފްސީ އޯގްސްބާގް)
ކަރީމް އޮނިސިވޯ (މާއިންޒް)
ސާސާ ކަލަޖިޗް (ވީއެފްބީ ސްޓުޓްގާޓް)