ޔޫރޯ 2020

ޓީމް ޕްރޮފައިލް: ފިންލެންޑް

  • އާބާދީ: 5.5 މިލިއަން
  • ވެރިރަށް: ހެލްސިންކީ
  • ޓީމުގެ ވަނަން: ހޫހްކަޖާތު (ދަ އީގަލް އައުލްސް)
  • ކެޕްޓަން: ޓިމް ސްޕާވް
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ޔަރީ ލިޓްމަނެން (137 މެޗު)
  • ޓޮޕް ސްކޯރާ: ޔަރީ ލިޓްމަނެން (32 ގޯލް)

ފިންލެންޑަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ތާރީހެއް އޮތް ޓީމެއް ނޫނެވެ. މިފަހަރުގެ ޔޫރޯ ވެގެންދާނީ ފިންލެންޑުން ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރަށެވެ. ޔޫރޯއަށް މިފަހަރު އަލަށް ކޮލިފައިވީ އިރު، ފިންލެންޑަށް އަދި ވޯލްޑް ކަޕަކަށް ކޮލިފައި ވެވިފައެއް ނުވެއެވެ. މިފަހަރުގެ ޔޫރޯ ވެގެންދާނީ ފިންލެންޑަށް ތާރީހީ މުބާރާތަކަށެވެ.

ފިންލެންޑުން ވަނީ 2008 ވަނަ އަހަރުން ފެށިގެން ޔޫރޯ އަދި ވޯލްޑް ކަޕުގެ ކޮލިފައިންތަކުގައި ރަނގަޅު ފައިޓެއް ދީފައެވެ. އެގޮތުން ފިންލެންޑަށް ޔޫރޯ 2008ގެ ކޮލިފައިންގައި ގްރޫޕުގެ ހަތަރު ވަނަ ލިބުނު އިރު، ވޯލްޑް ކަޕް 2010ގެ ކޮލިފައިންގައި ލިބުނީ ގްރޫޕުގެ ތިންވަނައެވެ. ޔޫރޯ 2016ގެ ކޮލިފައިން ނިންމާލަން ޖެހުނީ ގްރޫޕުގެ ހަތަރު ވަނައިގައި އޮވެގެންނެވެ. ވޯލްޑް ކަޕް 2014ގެ ކޮލިފައިން ވެސް ދިޔައީ ހިތްދަތިކޮށެވެ.

ކޯޗު

މާކޫ ކަނޭވާ
އުމުރު: 56 އަހަރު

ފިންލެންޑްގެ ކޯޗަކަށް ހުރީ ކުޅުންތެރިއެއްގެ ގޮތުގައި ފިންލެންޑް ގައުމީ ޓީމުގައި ނާކާމިޔާބު ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަނޭވާއެވެ. އޭނާ ވަނީ 1983 އަހަރުން ފެށިގެން ފިންލެންޑްގެ ކްލަބުތަކަށް ޑިފެންޑަރަކަށް ކުޅެފައެވެ. އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާ ކުރީ 1998 ވަނަ އަހަރުއެވެ.

ކަނޭވާގެ ކޯޗިން ކެރިޔަރު ފެށީ 2001 ވަނަ އަހަރުއެވެ. ފިންލެންޑް ސީނިއާ ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ފިންލެންޑުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް އިރުޝާދު ދީފައެވެ. އަދި 2016ގައި ފިންލެންޑުގެ ސީނިއާ ޓީމާ ހަވާލުވީ ފަސް އަހަރު އެޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހުއެވެ. މިފަހަރުގެ ޔޫރޯއަށް ކޮލިފައިވުމާއެކު ކަނޭވާގެ ނަން ވެސް ފިންލެންޑް ފުޓުބޯޅައިގެ ތާރީހުގައި ލިޔެވިގެންދާނެއެވެ.

ތަރި

ތޭމޫ ޕުއްކި
އުމުރު: 31 އަހަރު
ކްލަބު: ނޮވިޗް ސިޓީ

ފިންލެންޑަށް ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކުން ޖާގަ ހޯދައިދިނުމުގައި ޕުއްކިގެ ދައުރު ފާހަގަކޮށްލެވެއެވެ. ސްޕެއިންގެ ސެވިއްޔާ އާއި ޖަރުމަންގެ ޝާލްކޭއަށް ވެސް ކުޅެފައިވާ ޕުއްކި ވަނީ މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ފިންލެންޑަށް ދިހަ ގޯލު ޖަހައިދީފައެވެ. މިފަހަރުގެ މުބާރާތް ޕުއްކިއަށް ވެސް ވަރަށް ހާއްސަ ވާނެއެވެ. އަދި އޭނާއަށް ފިންލެންޑުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޕުއްކިއަކީ 15 އަހަރުން ފެށިގެން ފިންލެންޑުގެ ހުރިހާ ޔޫތު ޓީމުތަކަށް ކުޅުނު ކުޅުންތެރިއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް:

  • 12 ޖޫން/ 21:00 ޑެންމާކް – ފިންލެންޑް
  • 16 ޖޫން/ 18:00 ފިންލެންޑް – ރަޝިއާ
  • 22 ޖޫން/ 00:00 ފިންލެންޑް – ބެލްޖިއަމް

ފިންލެންޑުގެ ސްކޮޑު:

ގޯލްކީޕަރުން

ލޫކަސް ހްރަޑެޓްސްކީ (ބަޔާ ލެވަކޫސަން)
ޖެސޭ ޖޮރޮނެން (ބްރެސިއާ)
އަންސީ ޖާކޯލާ (ބްރިސްޓަލް ރޮވާސް)

ޑިފެންޑަރުން

ޕައުލުސް އަރަޖޫރީ (ޕަފޮސް)
ޑެނިއެލް އޯ ޝޯނެސީ (އެޗްޖޭކޭ)
ޖޫނާ ޓޮއިވިއޯ (ހަކެން)
ލިއޯ ވައިސަނެން (އެލްފްސްބާގް)
ނިކޯ ހަމަލޭނެން (ކުއީން ޕާކްސް ރޭންޖާސް)
ތޯމަސް ލަމް (ޕީއީސީ ޒުވޯލޭ)
ނިކޮލާއި އަލްހޯ (އެމްޓީކޭ)
ޖެރޭ ޔުރޯނެން (ގެންކް)
ޖުކާ ރައިޓަލާ (މިނެސޯޓާ ޔުނައިޓެޑް)
ރޮބާޓް އިވަނޯވް (ވާޓާ ޕޮޒްނާން)

މިޑްފީލްޑަރުން

ގްލެން ކަމަރާ (ރޭންޖާސް)
ރޮބާޓް ޓެއިލާ (ބްރެން)
ރޮބިން ލޮޑް (މިނެސޯޓާ ޔުނައިޓެޑް)
ފްރެޑްރިކް ޖެންސެން (އެފްސީ އޯގްސްބާގް)
ރަސްމުސް ޝުލާ (ޖޫގާޑެން)
ޕީރީ ސޮއިރީ (އެސްބްޖާގް)
ޓިމް ސްޕާވް (އޭއީއެލް)
ޖޮނީ ކައުކޯ (އެސްބްޖާގް)
އޮނި ވަލަކަރި (ޕަފޮސް)

ފޯވަޑުން

ތޭމޫ ޕުއްކި (ނޮވިޗް ސިޓީ)
ޖޮއެލް ޕޮޖަންޕަލޯ (ޔޫނިއަން ބާލިން)
ލަސި ލަޕަލެއިނެން (ސީއެފް މޮންޓްރެއާލް)
މާކަސް ފޯސް (ބްރެންޓްފޯޑް)