މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

ހަފްތާގެ މާލީ ރިޕޯޓް: ލިބުނު އާމްދަނީއަށްވުރެ ހަރަދު 4000 މިލިއަން ރުފިޔާ އިތުރުވެއްޖެ

1

ހުސްވި ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ، ކުރި ހަރަދު 4000 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި މާލީ ރިޕޯޓްގައިވާ ގޮތުން ހުސްވި ހަފްތާގައި އާމްދަނީއާއި އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 23،339.8 މިލިއަން ރުފިޔާއެވެ. އަދި ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 27،342.3 މިލިއަން ރުފިޔާއެވެ.

ނިމިދިޔަ ހަފްތާގައި އިދާރީ ހިންގުމުގެ ހަރަދުގެ ގޮތުގައި 8949.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މުސާރައާ އިނާޔަތްތަކަށް 9529.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އަދި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއާއި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު ފައިސާއެވެ.

ހަފްތާއަކު އެއް ފަހަރު ދައުލަތުގެ މާލީ ބަޔާން ހާމަކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟