ޝަހީދާ އަބްދުﷲ ސައީދު
އިސްލާމްދީން ހިމާޔަތްކުރުމަކީ ދިވެހި ދައުލަތާއި އަދި ކޮންމެ ފަރުދެއްގެ ވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒާހިރު ރޭ، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިންގެ ދީނަކީ އިސްލާމް ދީން ކަމަށާއި ރާއްޖޭގައި އޮންނާނީ ވެސް ހަމައެކަނި އިސްލާމް ދީން ކަމަށެވެ.
މިނިސްޓަރު ޒާހިރު މިފަދައިން ވިދާޅުވިއިރު ފަހަކަށް އައިސް އިސްލާމްދީނާއި ރަސޫލާއަށް މަލާމާތްކޮށް މީސް މީޑިއާގައި ބައެއް ފަރާތްތަކުން ގެންދަނީ ވާހަކަދައްކަމުންނެވެ.
އެގޮތުން މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ނޫސް މަޖައްލާ ތަކާއި ވެބްސައިޓުތަކާއި މީސް މީޑިއާގެ އިތުރުން އާންމު ތަންތަނުގައި އިސްލާމް ދީނާ ގުޅޭގޮތުން ސައްހަ ނޫން، މައުލޫމާތު ފަތުރައި އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރަމުންދާކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.