މުހައްމަދު އައުޒަމް
ފޭސްބުކް އިން ވަޓްސަޕް، އިންސްޓަގްރާމް އަދި މެސެންޖަރ އާއި އިންޓަގްރޭޓް ކުރާނެކަން އިއުލާން ކޮށްފިއެވެ.
ފޭސްބުކް އިން މިތިން އެޕް އިންޓަގްރޭޓް ކުރުމުން މެސެޖް ކުރުމުގައި މިތިން އެޕް އެއްކޮށް ބޭނުން ކުރެވޭނެއެވެ.
މިމަސައްކަތަކީ ފޭސްބުކް އިން ވަރަށް ކުރިން ފެށިގެން ކުރުމަށް ރާވާފައިވާ މަސައްކަތެކެވެ. އަދި މިއީ ފޭސްބުކްގެ ފައުންޑަރ ޒަކަބާގް ގެ އަމިއްލަ އިސްނެގުމެއްކަމަށް މައުލޫމާތު ލިބެއެވެ.
ތިން އެޕުގެ މަސައްކަތް އެއްގޮތް ކަމުގައި ވީނަމަވެސް އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭނީ ޑާޓާ ޝެއަރ ކުރުމުގެ ގަވާއިދުތަށް މިކަމުގައި ފުށުއެރުމެވެ. ނަމަވެސް އިންޓަގްރޭޓް ކުރެވޭނެކަމަށް މައުލޫމާތުލިބެއެވެ.
އިންޓަގްރޭޓް ކުރުމުގެ މަސައްކަތްނިމި މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އާންމުންނަށް ބޭނުން ކުރެވެން ފަށާނެކަމަށް މައުލޫމާތު ލިބެއެވެ.