ފެޝަން

ދެފަހަރު އެއް ހެދުމެއް އަނބިމިހާ ލައްވަން ބޭނުންނުވާތީ 55000 ހެދުން ގަނެދީފި

ދުނިޔޭގައި ހުރި އެންމެ ބޮޑު ހެދުން ކަލެކްޝަން ހުރީ ޑިޒައިނަރެއްގެ ވެއާ ހައުސްގައެއް ނޫނެވެ. 55000 ހެދުމާއެކު މި ލަގަބު އޮތީ ޕޯލް އަދި މާރގޮޓް ބްރޮކްމެން އަތުގައެވެ.

83 އަހަރުގެ ޕޯލް އޭނާގެ އަނބިމީހާ މާގޯއަށް މި ހުރިހާ ހެދުމެއް ގަނެދިނީ އެއްފަހަރުލީ ހެދުމެއް ދެވަނަ ފަހަރު އަނބިމީހާ ލައްވަން ބޭނުން ނުވާތީ އެވެ.

ނިއުޔޯކް ޕޯސްޓްގައި ބުނެފައިވާ ގޮތުގައި ޕޯލް އަދި މާގޯގެ ގޭގައި ހެދުންތަަކަށް ހާއްސަ ކްލޯސެޓަކާއި 50 ފޫޓް ދިގު ކޮންޓެއިނަރެއް އެ ހެދުންތައް ރައްކާކުރުމަށް ހުރެއެވެ.

ޕޯލް ބުނީ އޭނާއަށް ހެދުމެއް ރީތި ވާއިރަށް ދިޔައީ ގަންނަމުން ކަމަށެވެ.

66 އަހަރުގެ މާރގޯ ބުނި ގޮތުގައި ފަހަތް ބަލާލާ ކޮންމެ ފަހަރަކު ޕޯލް އަންނަނީ އޭނާ އަށް ހެދުމެއް ގަނެގެންނެވެ. އެހެން ގޮސް 55،000 ހެދުން ހަމަވީއެވެ. 

ޕޯލް ގަނެދީފައިހުރި ހެދުން ތަކުގެ ތެރޭގައި ވިންޓޭޖް ހެދުން ހިމެނޭ އިރު ބައެއް ހެދުން ތަކަކީ ބާގެއިން ކޮށްގެން ގަނެފައިވާ ހެދުމެވެ. އަދި ބައެއް ހެދުމަކީ ސެކަންޑް ހޭންޑް ހެދުމެވެ. މީހެ ތެރެއިން ގިނަ ހެދުން ތަކަކީ ޕޯލްއަށް އެންމެ ރީތި 50ގެ އަހަރުތަކުގެ ސްޓައިލުތަކުގެ ހެދުމެެވެ.

ހެދުންތަކަށް މިހާ ބޮޑު ޝައުގެއް އަސްލު ހުންނަނީ ޕޯލްގެ ކަމަށާއި މާރގޯ އަކީ އެހާ ބޮޑަށް ހެދުމަށް ޝައުގުވެރިކަން ހުންނަ މީހެއް ނޫން ކަމަށް ޕޯލް ބުނެފައިވެއެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރީން 2014ގައި އާ ހެދުން ގަތުން ޕޯލް ހުއްޓައިލިއެވެ. އެދެމަފިރިންގެ އަންހެން ދަރިފުޅު ވަނީ އެމީހުނަށް ހެދުންތައް ވިއްކައިލުމުގެ ހިޔާލު ދީފައެވެ. ކިތަންމެ ބޭނުން ނުވި ނަަމަވެސްސް ޕޯލް ވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ. 

ޕޯލް އާއި މާރގޯ މިހާރު ވަނީ 7000 ހެދުން ވިއްކައިލައިފައެވެ. އެދެމަފިރިން ބުނަނީ ހުރިހާ ހެދުމެއް ވިއްކުމުގެ ވިސްނުން ނެތް ކަމަށެވެ. 200 ވަރަކަށް ހެދުން ހަނދާނަކަށް އަތުގައި ބަހައްޓާނެ ކަމަށް ބުނެފައިވެ އެވެ.

ޕޯލްއަކީ ކުރީން ސީޕޯޓެއްގައި މަސައްކަތްކުރި މީހެކެވެ. އޭގެ ފަހުން އޭނާ ވަނީ އަމިއްލަ ކޮސްޓްރަކްޝަން ކުންފުންޏެއް އުފައްދައިފަ އެވެ.