ޝަހީދާ އަބްދުﷲ ސައީދު
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އެދުނު މައުލޫމާތެއް ނުދިނުމުން އައިޖީއެމްއެޗާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
އެޗްއާރުސީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެކޮމިޝަނުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ހޯދަން އެދުނު މައުލޫމާތެއް އައިޖީއެމްއެޗުން ދީފައި ނުވާތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެކޮމިޝަނުން މިއަދު ކޯޓަށް ހާޒިރުވި ކަމަށެވެ.
އެކޮމިޝަނުން އައިޖީއެމްއެޗާ ދެކޮޅަށް ދައުވާކުރި ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅޭ މައުލޫމާތެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އެމައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވިކަން ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް ވަނީ ބައެއް މީޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ.