ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ "ޓީޓީއެމް އެވޯޑްސް 2019" އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި ޓުއަރިޒަމް މިނިސްޓްރީ ހަމަޖައްސައިފި އެވެ.
ޓީޓީއެމް އެވޯޑްސްގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި ޓުއަރިޒަމް މިނިސްޓްރީ ހަމަޖެއްސުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު އަލީ ވަހީދެވެ.
ޓީޓީއެމް އިންތިޒާމްކުރާ މޯލްޑިވްސް ގޭޓްވޭސް އެންޑޯސްކުރުމާއި ފެސިލިޓޭޓްކުރުމުގެ މަސައްކަތް އެ އެއްބަސްވުމުގެ ދަށުން މިިނިސްޓްރީން ކުރާނެއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ޓުއަރިޒަމް އިންޑަސްޓްރީއަށް ޓީޓީއެމްގެ މުހިއްމުކަމަށް އަލިއަޅުވާލާފައެވެ. އަދި އެ ހަރަކާތަށް ސަޕޯޓުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޓީޓީއެމް އެވޯޑްސް 2019 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް 22 ވަނަ ދުވަހުގައެވެ.