ޖުމްހޫރީ ޕާޓީ

ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަލީމްގެ އަނބިކަނބަލުން ޖޭޕީއަށް ސޮއިކޮށްފި

1

ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމްގެ އަނބިކަނބަލުން ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

ހަލީމްގެ އަނބިކަނބަލުން އާމިނަތު މުނީރާ ޖޭޕީއަށް ސޮއިކުރައްވާފައިވަނީ މިރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރުކަމުން ހަލީމް އިސްތިއުފާދެއްވާފައިވަނީ އިއްޔެއެވެ. ޖޭއެސްސީގެ ރައީސް، އަބްދުﷲ އަރީފަށް ހަލީމް މިއަދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ޖުޑީޝަލް ރިފޯމް އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފަނޑިޔާރުން އަލުން އައްޔަންކުރުމަށް ޓަކައި މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާދެއްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހަލީމް ވިދާޅުވީ އޭނާ އިސްތިއުފާދެއްވީ އެކަމަށް ފުރުސަތުދެއްވައި މިސާލު ދެއްކެވުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟