ނިންޓެންޑޯގެ މަޝްހޫރު ގޭމް މާރިއޯ ކަރޓް މިއަހަރުތެރޭ ސްމާޓް ފޯނުތަކަށް ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ޖަޕާނުގެ އެންމެ ފުންނާބު އުސް މުނިފޫހިފިލުވުމުގެ ކުންފުނި ނިންޓެންޑޯއިން މާރިއޯ ކަރޓް ރިލީސް ކުރާނެކަން އިއުލާން ކޮށްފައިވަނީ އެކުންފުނިން ޓްވިޓާގައި ނެރުނު ބަޔާނެއްގައެވެ.
ރިލީީސް ކުރާނެ ތާރީހެއް ބުނެފައި ނުވިނަމަވެސް މާރިއޯ ކަރޓްގެ ސަބަބުން އެހެން ގޭމްތަކަށް ބޮޑު ޗެލެންޖަކަށް ވާނެކަމަށް ވަނީ ބެލެވިފައެވެ. ހާއްސަކޮށް ކޭންޑީ ކްރަޝް ފަދަ ގޭމްތައް ފަހަތަށް ޖައްސައިލާނެކަމަށް ވަނީ ބެލެވިފައެވެ.
ޓެކްނުލޮޖީގެ ހަބަރުތައް ބުނާގޮތުން ބޮޑަށް ލަފާކުރެވެނީ މިއަހަރުގެ މާޗްގައި މިގޭމް ރިލީސްކުރާނެކަމަށެވެ. އަދި އައިއޯއެސްގެ އިތުރުން އެންޑްރޮއިޑްގެ ފޯނުތަކަށްވެސް މިގޭމް އެއްފަހަރާ ރިލީސްކުރާނެ ކަމަށް ވަނީ ބުނެފައެވެ.
1992 ވަނަ އަހަރު ދުނިޔޭގައި މަޝްހޫރުވެގެން ދިޔަ ސުޕަރ މާރިއޯ ކަރޓް ނިންޓެންޑޯ އިންވަނީ 1996 ވަނަ އަހަރު ބޮޑެތިބަދަލުތަކެއް ގެނެސް ކޮލިޓީ ވާޝަންއެއް ނެރެފައެވެ. އަދި އެގޭމް ވަނީ 10 މިލިއަނަށްވުރެން ގިނަމީހުން ގަނެފައެެވެ.