ކަބީރު ޚާން ޑައިރެކްޓް ކުރާ ފިލްމް 83 ގެ ތައްޔާރީތައް ރަންވީރު ސިންގް އަންނަނީ ކުރަމުންނެވެ. މި ފިލްމަކީ 1983 ވަނަ އަހަރު އިންޑިއާގެ ކްރިކެޓް ޓީމުން ވޯލްޑް ކަޕް ހާސިލް ކުރި ވާހަކައިގެ މައްޗަށް ހަދާފިލްމެކެވެ.
ފިލްމު އުފައްދާ ފަރާތުން އިއްޔެ ވަނީ ފިލްމުގެ ހާއްސަ ވީޑިއޯއެއް ހިއްސާކޮށް ފިލްމުގެ ކާސްޓުން ވަަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން އަންނަ އަހަރުގެ އޭޕްރީލް 10ގައި ފިލްމު ރިލީސްކުރާނެ ވާހަކަވެސް ވަނީ އެ ވީޑިއޯގައި ހިއްސާކޮށްފައެވެ.
ފިލްމުގައި ރަންވީރު ކުޅޭނީ ކަޕިލް ދޭވްގެ ރޯލެވެ. ކަޕިލްގެ ރޯލަށް ރަންވީރު ތައްޔާރުކޮށްދެނީ ހުދު ކަޕިލް އެވެ.
ހަބަރުތައް ބުނާ ގޮތުގައި ފިލްމުގައި ސަޕޯޓިން އެކްޓަރުންގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ކާސްޓުންތަކެއް ހިމެނިގެން ދާނެއެވެ. ފިލްމު ޕްރޮޑިއުސްކުރަނީ މަދޫ މަންތެނާ އާއި ވިޝްނޫ އިންދުރީ އަދި ކަބީރު ޚާން އެވެ. މި ފިލްމު ތިން ބަހަކުން ރިލީސް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.