މިނިސްޓަރު އިމްރާން އަބްދުﷲ

އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރާނީ ޖަމިއްޔާތަކާ ގުޅިގެން: ހޯމް މިނިސްޓަރު

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކޮށްފިނަމަ ހައްލުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމްމިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސް ސޯލިހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މަދަނީ ޖަމިއްޔާތަކުގެ ފޯރަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ އިޖުތިމާއީ އަދި އިގުތިސާދީ ބޮޑެތި މައްސަލަތައް ރާއްޖޭގައި އެބަހުރި ކަމަށާއި އެކަންކަން ސަރުކާރަށް އެކަނި ހައްލު ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން މަދަނީ ޖަމިއްޔާތަކާ ގުޅިގެން އެފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ޖަމިއްޔާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ މައްސަލަތައް ހައްލުވެގެންދާނެ ކމުގެ ޔަގީންކަން އެބަައޮތް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ފާއިތުވެ ދިޔަ ސަރުކާރުގައި ޖަމިއްޔާތަކުން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް ސަރުކާރުން އެއްބާރުލުން ދީފައިނުވާކަމަށެވެ.