ރައްޔިތުންގެ މަޖިލިސް

ކުޑަކުދިންގެ ހިޔާ މައްސަލައިގައި ޖެންޑާ މިނިސްޓްރީ އާއި އެޗްއާރުސީއެމް ކޮމެޓީއަށް

އިބްރާހިމް ޒަކީ

1

ކުޑަކުދިންގެ ހިޔާގެ މައްސަލަތަކަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި ހިއުމަންރައިޓްސް ކޮމިޝަން އާއި، ޗިލްޑްރަންސް އޮންބަޑްސް ޕާސަން ނިއުމަތު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރަން ހަމަޖެހިފައި ވަނީ މިއަދު 2:00 ގައި ބާއްވަން އޮތް ކޮމިޓީ ބައްދަލުވުމަށެވެ.

މި މައްސަލައަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި އަދި އެ މަރުކަޒަކީ ކުދިން ބައިތިއްބަން ރައްކާތެރި ތަނެއް ނޫން ކަމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ކުޑަކުދިންގެ ހިޔާގެ މައްސަލަތަކެއް މީގެ ކުރީން އެޗްއާރުސީއެމުން ފާހަގަ ކޮށްފައިވާއިރު، އެ ތަނުގައި ހުރި ކަންބޮޑުވުންތަކެއް ޗިލްޑްރަންސް އޮންބަޑްސް ޕާސަން ނިއުމަތު ޝަފީގުވެސް ވަނީ މިފަހުން ފާހަގަ ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟