މުނިފޫހިފިލުވުން

"ޗާލްބާޒު" މިފަހަރު ޝުރަދާ ކަޕޫރަށް

1989 ގައި ޝްރީދޭވީ ފެނިގެން ދިޔަ މަޝްހޫރު ފިލްމު ''ޗާލްބާޒު'' މިފަހަރު ޝުރަދާ ކަޕޫރަށް ލިބިއްޖެއެވެ. ''ޗާލްބާޒް އިން ލަންޑަން'' ގެ ނަމުގައި މިފިލްމު ކުޅުމަށް ހަމަޖެހިފައިވާ ކަން ޝްރަދާ އާންމު ކޮށްފައިވަނީ އިއްޔެއެވެ.

އެ ހަބަރު ހިއްސާކުރަމުން އޭނާ ވަނީ ކުރީގެ ޗާލްބާޒުން މަޝްހޫރުވި ލަވަ ''ނާ ޖާނެ ކަހާސެ އާޔިހޭ ޔޭ ލަޅުކީ'' ލަވައިގެ އަޑު އިވިގެންދާ ފިލުމުގެ ޓީޒާއެއް ދޫކޮށްލާފައެވެ.

ބުޝަން އަދި ކްރިޝަން ކުމާރުގެ ޓީސީރިޒާއި އަހުމަދު ހާން އަދި ޝާއިރާ ހާންގެ ޕޭޕާ ޑޯލް އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ ''ޗާލްބާޒް'' ލަންޑަނުގައި ޝޫޓުކުރުމަށް ހަމަޖެހިފައިވާއިރު މިފިލްމުވެސް ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވަނީ ޕަންކަޖު ޕަރަޝާރެވެ. އަދި ޝުރަދާ ކަޕޫރަކީ މިރޯލަށް އެންމެ އެކަށޭނަ ބަތަލާ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ޝްރިދޭވީގެ ރޯލަކުން ޝުރަދާ ފެންނާނެ މީ ފުރަތަމަ ފަހަރެއް ނޫނެވެ. ޝްރީދޭވީ ކުޅެފައިވާ ފިލްމު ''ނާގިން''ގެ ރޯލު ކުޅުމަށްވެސް ޝުރަދާ ކަޕޫރަށް ލިބިފައިވާކަމުގެ ހަބަރުތައް ދަނީ ފެތުރެމުންނެވެ.

ޝްރަދާ ކަޕޫރުގެ ޓު ވީޓް---