ހުސެއިން ޝަމީމް

ރައީސް ނަޝީދު ވިދާޅުވެއްޖެއްޔާ އިސްތިއުފާ ދީފާނަން، އެކަމަކު ކުރަން ނުޖެހޭ ކަމެއް ނުކުރެވޭނެ: ޝަމީމު

އިބްރާހިމް ޒަކީ

ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (އޮފީހުން ނިންމި މައްސަލައިގައި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެންފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޝަމީމު ވިދާޅުވީ، ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެންފިނަމަ، އިސްތިއުފާ ދެއްވުމާ ބެހޭގޮތުން ކަނޑައަޅާފައިވާ އުސޫލުގައި އޮތް ގޮތަށް ކަންތައް ކުރައްވާނެ ކަމަށެވެ. އެކަމަކީ ޕްރޮސެސްއެއް އޮންނަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ޕީޖީގެ މަގާމަކީ އެ މަގާމުގައި ހުންނެވުމަށް މާ ބޮޑު ޝައުގުވެރިކަމެއް އޮތް މަގާމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ކޮންމެހެން މާ ބޮޑު ޝައުގުވެރިކަމެއް ހުރީކީ ނޫން މި މަގާމުގައި ހުރުމަށް،" ޝަމީމު ވިދާޅުވިއެވެ.

ނަމަވެސް ކުރަން ނުޖެހޭ ކަމެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވެންޓިލޭޓަރު ކޮރަޕްޝަނަށް ދައުވާ ނުކުރަން ނިންމި މައްސަލައިގައި، ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފެންނަ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި މައްސަލައިގައި ޝަމީމު ވިދާޅުވީ އެ މެސެޖް ރައީސް ނަޝީދު ޝަމީމަށް ވެސް ފޮނުއްވި ކަމަށެވެ.

ނަމަވެސް އެއަށް ކުރާނެ ކޮމެންޓެއް ނެތް ކަމަށާއި، މަންމަ ކަހަލަ މީހަކު ކަމަކު ބުނުމުން އެއަށް ޒުވާބުދޭން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަނީ ޝަމީމުގެ މަސްލަހަތު އޮތުމުން ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅިގެން ޝަމީމު ވިދާޅުވީ، އެކަމުގައި އެއްވެސް މަސްލަހަތެއް ނޯންނާނެ ކަމަށާއި އެ މައްސަލައިގައި ހިމެނެނީ ދަންނަ ބައެއްވެސް ނޫން ކަމަށެވެ.