ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން، ލީޑަރޝިޕް ކޮމެޓީއެއް އެކުލަވާލައިފި އެވެ.
ލޭބަރ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް އަބްދުﷲ ހަސީނު ވިދާޅުވީ މިވަގުތު ޕާޓީގެ ކަންކަން ހިންގާނީ ލީޑަރޝިޕް ކޮމެޓީން ކަމަށެވެ.
ހަސީނު ވިދާޅުވީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް މިހާރު އެކުލަވައިލާފައިވާނެ ކަމަށާއި ލީޑަރޝިޕުގައި ވަގުތީ ގޮތުން ހަރަކާތްތެރިވާނީ ކޮމެޓީގައި ހިމެނޭ މެންބަރުން ކަމަށެވެ.
އެގޮތުން އެންމެ އިސް ބޭފުޅަކަށް ހަސީން ހުންނެވިއިރު ޕާޓީގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވަނީ މައުރޫފު ޒާކިރެވެ.
އެޕާޓީގެ ތަރުޖަމާނު މައުރޫފު ދެއްކެވި ވާހަކައިގައި ވިދާޅުވީ އެޕާޓީއަކީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާ މެދުމިނުގެ ވައަތު ފިޔައިގެ ސިޔާސީ ޕާޓީއެއް ކަމަށެވެ.
އަދި އެޕާޓީއަކީ ސަރުކާރާ އެއްކޮޅު އަދި ދެކޮޅު ޕާޓީއެއްވެސް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ލޭބަރ ޕާޓީ އީސީގެ ދަފްތަރުގައި ރަޖިސްޓްރީކޮށް މިއަދުވަނީ އެޕާޓީއަށް ލިޔުން ހަވާލުކޮށްފައެވެ. ލޭބަރ ޕާޓީއާއަކީ އީސީގައި ރަޖިސްޓްރީކުރި އަށްވަނަ ޕާޓީއެވެ.