މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ރަޖިސްޓްރީކޮށް، އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ހިމެނުމަށްފަހު، ރަޖިސްޓްރީ ކުރިކަމުގެ ލިޔުން ހަވާލު ކޮށްފިއެވެ.
މި ޕާޓީއަކީ އެމްޑީޕީ ގައި ކުރިން ހަރަކާތްތެރިވެފައިވާ، ގާނޫނީ ވަކީލު އަބުދުﷲ ހަސީން އުފެއްދެވި ޕާޓީ އެކެވެ.
ޕާޓީ ރަޖިސްޓްރީކުރި ކަމުގެ ލިއުން އަބްދުﷲ ހަސީނު އާ ހަވާލު ކޮށްފައިވަނީ އެކަމަށްޓަކައި އެ ކޮމިޝަނު ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
3020 މެންބަރުންނާއެކު ޕާޓީ ރަޖިސްޓްރީ ކުރުމަށް ހަސީނު އީސީ އަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.