އަންނަ ފެބްރުއަރީމަހުގެ ހަތްވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވާ ދުވަސް ކަމަށްވާތީ އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
ކޮންމެ އަހަރަކުވެސް އެއަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައެވެެ.
2016 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަނީ ދަރުބާރުގޭގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.