ރައްޔިތުންގެ މަޖިލިސް

އުތުރު ތިލަފަޅާ ބެހޭގޮތުން ދޮގު ވާހަކަ ދައްކާ ފަރާތްތަކަށް ފިޔަވަޅުއަޅަން ގޮވާލައި މައްސަލަ ހުށަހަޅައިފި

އިބްރާހިމް ޒަކީ

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދި ކޮމިޓީގެ މުގައްރިރު މުހައްމަދު ރަޝީދު ހުސެއިން އެވެ.

ތަފްސީލް އަންނަނީ