ޑރ. މުހައްމަދު ޖަމީލް އަހްމަދު

ރަސޫލާއަށް ފުރައްސާރަ ކުރާއިރު ފިޔަވަޅު ނޭޅުމުން ނުފޫޒުގަދަ ބަޔަކު ކުރުވާކަމެއް ކަމަށް ބެލެވޭ: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

1

ފާޅުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކާއިރު އެކަށީގެންވާ ފިޔަވަޅު ނޭޅުމުން، އެކަމަކީ ނުފޫޒުގަދަ ބަޔަކު ކުރުވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާޅުގައި ރަސޫލާއަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާތީ ހިތާމަކުރައްވާ ކަމަށެވެ.

ފުލުހުން ޓެގްކުރައްވައި ޑރ. ޖަމީލު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ގާނޫނުގެ ދަށުން ފިޔަވަޅު ނާޅާނަމަ އެއީ ނުފޫޒުގަދަ ބަޔަކު ކުރުވާކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

މީސް މީޑިއާއާ އަދި އެނޫންވެސް ގޮތްގޮތަށް ބައެއް ފަރާތްތަކުން ރަސޫލާއަށާއި އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާ މައްސަލައިގައި މިއަދު ވަނީ އިސްލާމިކު މިނިސްޓްރީން ބަޔާނެއް ނެރެފައެވެ.

ބަޔާނުގައި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކާ އިސްލާމީ ޝަރީއާއިން ބޭރުން ކަންކަން ކުރާ ފަރާތްތައް ހޯދައި އެކަން ހުއްޓުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ބުނެފައެއް ނުވެއެވެ.

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިން ވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟