ތަފާތު ގޮތްގޮތަށް ހެދުން އަޅާ ކިމް ކާޑިޝަން ވެސްޓް މިފަހަރުވެސް މިވަނީ ހަމަ ތަފާތު ކަމެއް ކޮށްލައިފައެވެ. އެއް ޑޮލަރުގެ ބިލް ތަކެއްހެން ހީވާ ފޮއްޗެއްގައި ޓްރެންޗް ކޯޓެއް ލައިގެން އެނެސްޓޭޝިއާ ބެވެލީ ހިލްސްގެ އާ މޭކަޕް ލައިން ހުޅުވުމުގެ ރަސްމިއްޔާތަށް ކާޑިޝަން ދިޔަ ދިޔުން މިވަނީ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަނެފައެވެ.
ކީޕިން އަޕް ވިތް ކާޑިޝަންގެ ސްޓަރ ކިމް ކާޑިޝަން މިވަނީ އޭނާގެ "މަނީ-ފިޓް" ހެދުން އިންސްޓަގްރާމް ގައި ވީޑިއޯއެއްގެ ގޮތުގައި ޕޯސްޓްކޮށްފައެވެ. އޭގައި ރައްޓެއްސަކު އޭނާގެ ކޮމްޕެނީ ބިލިޔަނަށް ވިއްކާލީމަ ދެން ކުރާނީ ކީއްތޯ ކިމް ސުވާލު ކުރެއެވެ. އަދި "މަނީ-ފިޓް" ހެދުމެއް ލައިގެން އޭނާއަށް ބޮޑު ޕާޓީއެއް ބާއްވާނީއޭ ވެސް ބުނެއެވެ.
އަތްދިގު މި "މަނީ-ފިޓް" ހެދުމާއި އޭނާ ލައިގެން ހުރި ބޫޓަކީ ޖެރެމީ ސްކޮޓް ގެ ފޯލް 2001 ކަލެކްޝަނުގެ ޑިޒައިނެކެވެ. ޖެރެމީ ވަނީ އޭނާގެ އިންސްޓަގްރާމުގައި ކިމް އެ ހެދުން ލާފައި ހުއްޓާ ޕޯސްޓްކޮށްފައެވެ.
ޑޮލަރު ބިލު ތަކަކުން މުޅި މީހާ ކަވަރު ވެފައި ވާއިރު ކިމް ވަނީ އޭނާގެ އިސްތަށިގަނޑު ޕޮނީ ޓެއިލެއްހެން މައްޗަށް އައްސާލާފައެވެ. އަދި މެން އިން ބްލެކް ފްރެންޗައިޒްގެ ރެޓްރޯ އަވި އައިނަކާއި އެނިމޭޓަށް ގޯލް ގްލިޓަރ ދަބަހެއް ވެސް ހެދުމާ ގުޅުވަން ވަނީ އެސަސަރައިޒްކޮށްފައެވެ.
މި އިވެންޓްގައި މިގޮތަށް ކިމް ހެދުން އެޅުމަކީ ކޮންމެހެން ދެއްކެން ކުރި ކަމެއްގެ ގޮތުގައި އެއްބަޔަކު ބުނަމުންދާއިރު އަނެއްބަޔަކު ބުނަމުންދަނީ އޭނާގެ 350 މިލިއަން ޑޮލަރުގެ ނެޓް ވޯރތް ދައްކައިލުމުގެ ގޮތުން އެގޮތަށް ހެދުން އެޅީ ކަމަށެވެ.