ޝަހީދާ އަބްދުﷲ ސައީދު
ސިޔާސީ ޕާޓީތަކަށް އެތައް ގުރުބާންތަކެއްވި އިޚުލާސްތެރީންގެ ސިޔާސީ ކުރިމަގު ހަލާކުކޮށް، ފުނޑުފުނޑުކޮށްލަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީތަކުގެ ވެރިމީހާއަށް އާދޭސްކޮށްގެން އުޅެން ޖެހޭތީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާއަށް ވާދަކުރައްވަން ނިންމެވީ ކަމަށެވެ.
މޫސަ މިހެން ވިދާޅުވި އިރު މަޖިލީހުގެ ގޮނޑިތަކުގެ މައްސަލައިގައި ޕާޓީ ތަކުގެ ލީޑަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އަދި ވެރިކަން ކުރާ ކޯލިޝަން ތެރޭގައި ވެސް ވަނީ މައްސަލަތަކެއް އުފެދިފަ އެވެ. ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީން އެމްޑީޕީއާ ވަކީން އެހެން ބޭފުޅުންނާ ގުޅިގެން މަޖިލިސް އިންތިޚާބަށް ނިކުންނަން ތައްޔާރުވެފައިވާ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.