ޝެއިހް އިލްޔާސް ހުސެއިން

ދީނުން ބޭރުވެފައިވާ މީހުންނާމެދު ފިޔަވަޅު އެޅުމަކީ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެއްް: ޝެއިޚް އިލްޔާސް

4

ދީނުން ބޭރުވެފައިވާ މީހުންނާ މެދު ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅު އެޅުމަކީ އެފަރާތުގެ ޒިންމާއެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

އިލްޔާސް މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

އިލްޔާސް ވިދާޅުވީ އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ބަދުބަސް ބުނާ މީހަކީ ދީނުން ބޭރުވެ މުރުތައްދު ވެފައިވާ މީހެއް ކަމަށާއި އަދި އެއީ މުސްލިމުންގެ ލެޔާ ކުޅެލުމެއް ކަމަށެވެ.

"ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަކީ އެފަރާތުގެ ޒިންމާއެއް. އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލޭނެ ކަމެއް." އިލްޔާސްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ޝެއިޚް އިލްޔާސް މިމޭރުމުން ޓުވީޓު ކުރެއްވި އިރު، އިސްލާމްދީނާ ގުޅުން ހުރި އެކި މައުޟޫތަކަށް ސޯޝިއަލް މީޑިއާގައި ކުރެވޭ އެކި ކަހަލަ ބަހުސްތައް މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ދީނުގެ އަސްލުތަކާ ފުށު އަރާ އަދި ޚިލާފު އުފެދޭ ޒާތުގެ ވާހަކަތައް ވެސް ދަނީ ދައްކަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟