ފިލްމު ރާޒީ އިން މަގްބޫލު ކަން ހޯދައިފައިވާ ބަތަލު ވިކީ ކައުޝަލް މިވަނީ ބޮލީވުޑްގެ މި ފަހަަކަށް އައިސް ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކުރަމުން އަންނަ ކަރަން ޖޯހަރުގެ އެޓެންޝަން ހޯދައިފައެވެ.
ކަރަން ޕްރޮޑިއުސް ކުރާ ބިރުވެރި ފިލްމެއްގެ ލީޑު ރޯލު މިވަނީ ވިކީ އަށް ލިބިފައެވެ. މި ފިލްމުގެ ނަން އަދި ހާމަ ކޮށްފައިނުވާއިރު ފިލްމު ޑައިރެކްޓް ކުރަނީ ޝަޝާންކް ކައިތަން އެވެ. އެސިސްޓަންޓް ޑައިރެކްޓަރަކީ ބަނޫ ޕްރަތާބް ސިންގް އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިން މީގެ މަހެއްހާ ދުވަސްކުރިން ވަނީ ފަށައިފައެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ކުރަމުން އަންނަކަން ރަސްމީކޮށް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
ވިކީގެ ބައިތަކުގެ ބޮޑު ބައެއް ޝޫޓްކޮށް ނިމިފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އޮންނާނީ ފިލްމުގެ ލީޑު، ބަތަލާ ބުމީ ޕެޑްނޭކަރުގެ ބައިތަކުގެ ޝޫޓިން ކަމަށް މައުލޫމާތު ލިބެއެވެ. މިދެތަރިންގެ ޝޫޓިންތައް ކުރިއަށް އޮތް 15 ވަރަކަށް ދުވަސް ތެރޭ ނިމޭނެކަމަށްވެސް ވެއެވެ.
އެހެން ބިރުވެރި ފިލްމުތަކާ ހިލާފަށް މި ފިލްމު ކުޅެފައިވަނީ ނާމާންވެފައިވާ ގެއެއްގެ ބަދަލުގައި ބީޗުގައި އޮތް ބޯޓެއްގައެވެ.
ފިލްމު މިއަހަރު މެދުތެރޭ ރިލީސްވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.