ގުޑް ނިއުސްގެ ހަބަރު ލިބުމާ އެކު އެ ފިލްމުގައި ލީޑް ރޯލު ކުޅޭ ބަތަލުން ކަމުގައިވާ އަކްޝޭ ކުމާރު އާއި ކަރީނާ ކަޕޫރު ޚާން ގެ ފޭނުން ދިޔައީ ފިލްމަށް ފޮނި އިންތިޒާރު ތަކެއް ކުރަމުންނެވެ.
އަކްޝޭ އާއި ކަރީނާގެ އިތުރުން މި ފިލްމުގައި ކިއާރާ އަދުވާނީ އާއި ދިލްޖިތް ދޮސަންޖް ވެސް ލީޑް ރޯލުގައި ހިމެނެއެވެ. ކިއާރާ އާއި ފިލްޖިތްގެ ބައިތަކުގެ ޝޫޓިން މިދިޔަ އަަހަރު ނޮވެމްބަރުގައި ފަށާފައިވާއިރު އިއްޔެ ވަނީ އަކްޝޭ އަދި ކަރީނާވެސް ފިލްމުގެ ޝޫޓިން މުމްބާއީގައި ފަށާފައެވެ.
މީގެ ކުރިންވެސް މި ދެތަރިންވަނީ އެކީގައި ކާމިޔާބު ފިލްމުތަކެއްް ކުޅެފައެވެ. އޭގެ ތެރޭގައި "އަޖްނަބީ"، "ކަމްބަކްތް އިޝްގު"، "ތަޝަން"، "އެއިތްރާޒް" އަދި "ބޭވަފާ" ހިމެނެއެވެ.
ރާޖް މެހެތާ ޑައިރެކްޓް ކުރާ މި ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރުއެވެ.
އަކްޝޭ ދެން އެންމެ އަވަހަށް ފެންނާނީ ފިލްމު "ކޭސަރީ" އިންނެވެ. އެ ފިލްމުގައި އަކްޝޭއާ އެކު ޕަރިނިތީ ޗޯޕްރާ ލީޑު ރޯލުން ފެންނާނެއެވެ.
ރަންވީރު ސިންގް، ވިކީ ކައުޝަލް، ޖާންވީ ކަޕޫރު، ބުމީ ޕެޑްނޭކަރު އަދި އަނިލް ކަޕޫރު އާ އެކު ކަރީނާ އެންމެ އަވަހަށް ފެންނާނީ ފިލްމު "ތަޚްތު" އިންނެވެ.