އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ރާއްޖެ ޓީވީގެ ޕްރެސެންޓަރު، ބ. ތުޅާދޫ ހޭޒްލީން، މުހައްމަދު ފަޒީން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 11 ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވަނީ، ފަޒީންގެ އިތުރުން ކުރީން ވީޓީވީގައި އުޅުނު ޝިފްޒާ މުސްތަފާ/ މާދަޑު، އާސާން، ޏ.ފުވައްމުލަކު އެވެ.
ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ތަރުތީބުން މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ފަޒީންގެ ނަމަށެވެ.
ބްރޯޑްކޮމްއަށް ފަޒީން އައްޔަން ކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.