ރަޝިއާގެ ކުންފުންޏަކުން ޖައްވުގައި އިޝްތިހާރު ހަރުކުރާނެކަން އިއުލާން ކޮށްފިއެވެ.
ރަޝީއާގެ ސްޓަރ ރޮކެޓް ކުންފުނިން ބޭނުން ވަނީ ރިފްލެކްޓު ކުރާ ކުދި ސެޓަލައިޓް ތަކެއް ބޭނުންކޮށްގެން ބިމުން ފެށިގެން 300 މޭލު އުހުގައި އިޝްތިހާރު ހަރުކުރާށެވެ.
ސްޓަރ ރޮކެޓުން މަސައްކަތް ކުރަނީ ބްރިފް ކޭސް ސައިޒުގެ ކިއުބްސެޓްސް ސްޕޭސް ކްރާފްޓްތަކެއް ޖައްވުގައި ވަކި އެރޭންޖްމަންޓަކަށް އޯބިޓް ކޮށްގެން ގިނަބަޔަކަށް އިޝްތިހާރު ފެންނަ ގޮތަކަށް ހެދުމެވެ.
ސްޓަރ ރޮކެޓްގެ ކިއުބްސެޓުގައި ހަރުކޮށްފައި ހުންނަ އިޝްތިހާރު ފެންނާނީ އިރުގެ އަލި ރިފްލެކްޓްކޮށްގެން އަންނަ އަލިންނެވެ. އެހެން ކަމުން ހަމައެކަނި އިރުގެ އަލި ވަކި ގޮތަކަށް ލިބޭ ވަގުތުގައި އިޝްތިހާރު ފެނިގެން ދާނެއެވެ. ކޮންމެ އިޝްތިހާރެއްގައި 50 ސްކެއާ ކިލޯމީޓަރު ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ފަހުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ރަޝިއާގެ ކުންފުނިން ޖައްވުގައި އިޝްތިހާރުޖެހުމަށް ފަށަން ހަމަޖެހިފައިވާއިރު ގިނަ ބަޔަކު ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. މިކަމާ ދެކޮޅަށް އަޑު އުފުލާ މީހުން ވަނީ މިކަމުގެ ސަބަބުން ދުނިޔެއަށް ބޭކާރު އަލި ހުރުމުން އުނދަގޫވާނެކަމަށް ބުނެފަ އެވެ.