ޕެރަޑައިސް އައިލެންޑް ރިސޯޓަށް އައިސް އުޅުނު ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައި ވަނީ 84 އަހަރުގެ ޗެކް ރިޕަބްލިކް ރައްޔިތެއް ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު ފަހު 3:15ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި މީހާ މަރުވެފައި އޮއްވައި ފެނިފައި ވަނީ މޫދުތެރޭ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މަރުވި މީހާގެ ހަށިގަނޑު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފަ އެވެ.
ޕެރެޑައިސް ރިސޯޓު މޫދު ތެރެއިން މަރުވެފައި އޮތް ޓޫރިސްޓަކު މިއަދު ފެނުނު އިރު މި މަހުގެެ 16 ވަނަ ދުވަހު ވެސް ވަނީ އެ ރަށު މޫދު ތެރެއަށް ގެނބިގެން 66 އަހަރުގެ ކޮރެއާ ޓޫރިސްޓަކު މަރުވެފަ އެވެ.