ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މަޖިލީހުގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތެއް ރަސްމީ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
ނިމިދިޔަ އަހަރު ބައެއް މެންބަރުން މަޖިލީހުގެ ފާރުމަތިން އަރައިގެން މަޖިލީހުގެ އިދާރާއަށް ވަތް މައްސަލައިގައި މަޖަިލީހުގެ ނާއިބު ރައީސް މުސާ މަނިކު އޭރު ވިދާޅުވެފައިވަނީ މަޖިލީހުގެ އިދާރާގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ވަށާފާރު އުސްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ނިމިދިޔަ އަހަރު ވަނީ މަޖިލީހުގެ ރިޔާސަތުގެ ވަށައި ފެންސް ވެސް ޖަހައިފައެވެ. ފެންސް ޖަހާފައި ވަނީ އޭރުގެ ސަރުކާރާ އިދިކޮޅު މެންބަރުން ރިޔާސަތަށް ހުރަސްއަޅާކަމަށް ބުނެއެވެ.