އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު ޖަލަށް ގެންދަން ފުލުހުންނާއި ކަރެކްޝަނުން އައިޖީއެމްއެޗަށް ވަދެއްޖެ

1

އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން އަންނަ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ޖަލަށް ގެންދިއުމަށް ޓަކައި ފުލުހުންނާއި ކަރެކްޝަނުން އައިޖީއެމްއެޗަށް ވަދެއްޖެ އެވެ.

އަދީބު އަނބިކަނބަލުން މަރިޔަމް ނަޝްވާ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ޑޮކްޓަރުން ދީފައިވާ ލަފަޔާ ދެކޮޅަށް އަދީބު ޖަލަށް ގެންދަން މަސައްކަތްކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އަދީބުގެ އެންމެ ގާތް ރައްޓެހީންގެ ތެރޭގައި ހިމެނޭ ޝުމްބާ ވެސް ވަނީ ފުލުހުން އައިޖީއެމްއެޗް ތެރޭގައި ހަރަކާތްތެރިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

ދާދި ދެންމެ ފުލުހުން ވެސް ވަނީ ކަރެކްޝަނާ ގުޅިގެން އަދީބު ޖަލަށް ބަދަލުކުރުމަށް އެހީތެރިވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ވެލިދޫ ދާއިރާގެ މެންބަރު އަދި އެމްޓީޑީގެ ނައިބް ރައީސް ޔާމީންގެ ވާހަކައިގައި ވިދާޅުވީ ވަރަށް އަނިޔާވެރިކޮށް ބޭސްފަރުވާގެ ހައްގުން މަހުރޫމުކޮށް ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އަންގަވައިފައިވާ ގޮތާ ޚިލާފަށް އަދީބު ޖަލަށް ބަދަލުކުރުމުގެ ޒިންމާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އަދީބު ޖަލަށް ގެންދިޔައީ ކަމާ ގުޅޭ ގޮތުން ހުރި ގާނޫނު ތަކާއި ގަވައިތަކާއި އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ރާއްޖޭން ބޭރުގައި ހުންނަވާފަ ހޯމް މިނިސްޓަރު އިމްރާން ރާއްޖެ އެވަޑައިގެންނެވީ މިއަދު. ވަޑައިގެންނެވި ގޮތަށް އެ ދައްކައިލީ އެބޭފުޅާގެ ހުރި ބާރު. މި އަނިޔާވެރިކަމުގެ ހުރިހާ ޒިންމާއެއް ހޯމް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާނެ." ޔާމީން ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟