ބޮލީވުޑް

ކަބީރު ސިންގު ގައި ކިއާރާ އާއި ޝާހިދު ކަޕޫރު

ޓެލުގޫ ފިލްމް "އަރްޖުން ރެޑީ" ގެ ހިންދީ ރީމޭކުގައި ލީޑް ރޯލުން ފެނިގެން ދާނީ ޝާހިދު ކަޕޫރާއި ކިއާރާ އަދްވާނީ އެވެ.

އާންމު ގޮތެއްގައި ގްލެމަރެސްކޮށް ހުންނަ ކިއާރާ މި ފިލްމުން ފެނިގެންދާނީ އާދައިގެ ސްޓައިލެއް ގައެވެ.

ފިލްމުގެ ފޮޓޯތަކެއް ލީކުވެފައި ވާއިރު އޭގެން ފެންނަ ގޮތުގައި ކިއާރާ ހުންނަނީ ޝަލްވާރު ކަމީޒު ލައިގެން އިސްތަށިގަނޑު ފަހަތަށް އައްސާލާފަ އެވެ. ޓެމިލް ފިލްމުގެ ލީޑް ބަތަލާ ކަމުގައިވާ ޕްރީތީ އަކީ މެޑިސިން ކިޔަވާ، ސިމްޕަލްކޮށް ހުންނަ މީހެކެވެ.

އެމް އެސް ދޯނީ އާއި ފިލްމް މެޝިންގައިވެސް ގްލެމަރެސް ރޯލުތަކުން ފެނިގެންދިޔަ ތަރި މި ފިލްމަށް އަންނަނީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއްގެ ރޯލަށް ފެތުމަށް ވަރަށް މަސައްކަތް ކުރަމުންނެވެ.

ކަބީރު ސިންގްގެ ފިލްމަކީ އަރްޖުން ރެޑީގެ ނަމުގައި މެޑިކަލް ކޮލެޖް އަދި ޑޮކްޓަރުންގެ ދިރިއުޅުމަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ނެރުނު ޓެލްގޫ ފިލްމެއްގެ ރީމޭކެވެ.