ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝިއަލް އެންވޮއީ ކަމުގެ މަގާމުގައި ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުއަށް އެމްޑިޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީ ނާކާބުވެވަޑައިގެންނެވި އިރު، އަނބިކަނބަލުން މަޝްހޫރު ގާނޫނީ ވަކީލާ ދިޔާނާ ސައީދަށް ގއ. ވިލިނގިލީ ދާއިރާގެ ޕްރައިމަރީ ނާކާމިޔާބުވެއްޖެ އެވެ.
ދިޔާނާއާ އެކު ވިލިނގިލީ ދާއިރާއަށް އެކު ޖުމުލަ ހަތަރު ބޭފުޅުން ވާދަކުރެއްވި އެވެ. އެއީ ދިޔާނާގެ އިތުރުން މުހައްމަދު ފައުޒީ އާއި މުހައްމަދު ހަލީލު އާއި ހާރޫން ރަޝީދު އެވެ. އޭގެ ތެރެއިން ޕްރިމަރީ ކާމިޔާބުކުރެއްވީ ހާރޫން ރަޝީދު އެވެ.
ދިޔާނާގެ ފިރިކަލުން ކާށިދޫ ދާއިރާގެ ޕްރައިމަރީން ބަލިވެވަޑައިގެންނެވީ އަބްދުﷲ ރިފުއަތާ ވާދަކުރައްވައިގެންނެވެ.