ގާސިމް އިބްރާހިމް

ވެރިކަން ލިބުނީމަ ޖޭޕީ އެއްލައިލީ، ގުޅިގެން މަޖިލީހަށް ކުރިމަތިލާނެ ކޮންމެ ބަޔަކާވެސް ވާހަކަދައްކާނަން: ގާސިމް

އަހުމަދު ޖައިޝަން

1

އެމްޑިޕީއަށް ވެރިކަން ލިބުނީމަ މިފަހަރުވެސް ޖޭޕީ މަގުމައްޗަަށް ނެރެ އެއްލައިލީ ކަމަށާއި ގުޅިގެން މަޖިލީހަށް ކުރިމަތިލާނެ ކޮންމެ ބަޔަކާވެސް ވާހަކަދައްކަން ތައްޔާރުވެއްޖެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭޕީއަށް މި ޖެހުނީ މިފަހަރުވެސް ސަލާން ޖަހަން ކަމަށެވެ.

ގާސިމް މިރޭ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމުމުން ވައުދާއި އަހުދާ ހިލާފުވެއްޖެ ކަމަށެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އެހެން ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ފަހަތުގައި ޖުމްހޫރީ ޕާޓީ ވާކަމަށް ތުހުމަތުކުރެވޭގޮތަށް އެމްޑީޕީން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުނަށް މަޖިލީހަށް ވާދަ ނުކުރެވޭގޮތަށް އިސްލާހެއް މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.

ގާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޖޮއިންޓް ޕީޖީ އެމްޑީޕީން ރޫޅާލާފާނެ ކަމަށް ބުނީމަ ހައިރާންވެވަޑައިނުގަންނަވާ ކަމަށެވެ.

"ސުވާލަކީ މިހާރު އެބަ އޮތްހޭ، އިތުރަށް ރޫޅާކަށް މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމަ އެއްބަސްވުމާ ވައުދާ އަހުދާ ހިލާފުވީ، އެ ނިމުނީ ނޫންތޯ،" ގާސިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟