ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަހަރުގެ މަޖިލީހުގެ އިންތިހާބުގައި ވެސް ކުރިމަތިލާނީ ފޮނަދޫ ދާއިރާއަށްކަން އަދުރޭ އިއުލާންކޮށްފިއެވެ.
އަދުރޭ މިކަން އިއުލާންކޮށްފައިވަނީ އޭނާ ކުރެއްވި ޓުވީޓަކުންނެވެ. އެގޮތުން މިފަހަރު މަޖިލީހަށް ކުރިމަތިލަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ތައިދާއެކު ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ކުރިން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަދުރޭއަށް ކުރީގެ ރައީސް ޔާމިން ވަނީ މަޖިލީހަށް ކުރިމަތިލުމަށް ޕީޕީއެމްގެ ޓިކެޓް ދީފައެވެ. ނަމަވެސް އަދުރޭ ވަނީ މުޅިން އާ ޕާޓީއެއް އުފެއްދުމަށް ޕީޕީއެމް އިން ވަކިވުމަށް ފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައެވެ.